އެކްސިޑެންޓްފި ކާރު ދުއްްވީ ރިފާޢު: ފުލުހުން
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިއްޔެ ހުޅުމާލެ މިދިލިމަގުގައި އެކްސިޑެންޓްވި ކާރު ދުއްވާފައި ވަނީ، ބ. ކަމަދޫ މިޔުނިކް، ހަސަން ރިފާއު ކަމަށާއި އޭނާގެ ލައިސަންސް ހިފަހައްޓާފައިވާކަމުގައި ފުލުހުންގެ އިދާރާއި ވިދާޅުވެއްޖެއެވެ.
ހަސަން ރިފާއުއަކީ ދަ ހޯކްސް ކުންފުނީގެ ސީއީއޯއެވެ. އެކްސިޑެންޓްވި ގާތްގަނޑަކަށް އެއްމިލިއަން ޑޮލަރުގެ އަގުބޮޑު ލަމްބޯގިނީ ލަގްޒަރީ ކާރުގައި އެކްސިޑެންޓްވި އިރު ތިބީ ރިފާއު އާއި އޭނާގެ 13 އަހަރުގެ ދަރިފުޅެވެ.
އިއްޔެ ހެނދުނު 8:30 ހާއިރު ހިނގި މިއެކްސިޑެންޓުގައި ބާރު ސްޕީޑުގައިި ދުއްވި މިދިލިމަގުގެ ދެކުނުފަޅީގައި ހުރި ސޯލާޕެނަލްތަކުގައި ކާރުޖެހި ފުށުންޖެހުނެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ އެކްސިޑެންޓްގައި ކާރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވި ކަމަށާއި، މައްސަލަ ތަޙްޤީޤުކުރުމަށް ބޭނުންވާ މައުލޫމާތު ނެގުމަށްފަހު ކާރު މިހާރު ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ކާރު މުޅިން ފުނޑުފުނޑުވިނަމަވެސް އޭގައި ތިބި ދެބަފައިންނަށް މާބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވީ އެކާރަކީ، ޚާއްޞަ ސަލާމަތީ ފީޗަރތައް ހިމަނާފައިވާ ކާރަކަށް ވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް