މުޅި ރާއްޖެއަށް އުދަ އަރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިއްޔެ މާލެއަށް އުދަ އެރި ވަގުތު ސިފައިން ޕަންޕް ޖަހައިގެން ލޮނުގަނޑު ހިއްކުމުގެ މަސައްކަތް ކުރަނީ --- ފޮޓޯ: އެމްއެންޑީއެފް
މިއަދު މުޅި ރާއްޖެއަށް އުދައަޜާނެ ކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު، ހެނދުނު 10:30 އިން ފެށިގެން މެންދުރުަފަހު 15:00 އާއި ހަމައަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ދިޔަވަރު އެންމެ ބޮޑުވާނީ، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށެވެ. ލ އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް މިއަދު، 2.6 ފޫޓަށް ދިޔަވަރު ބޮޑުވާނެއެވެ. ދެކުނުގެ އަތޮޅުތަކަށް މިއަދު ދިޔަވަރު އެންމެ ބޮޑުވާނީ މެންދުރުފަހު 1:14 ގައެވެ. މާލެ ސަރަހައްދަށް، މިއަދު އެންމެ ދިޔަވަރު ބޮޑުވާނީ، މެންދުރުފަހު 12:35 ގައެވެ. މިއަދު 2.3 ފޫޓަށް ދިޔަވަރު ބޮޑުވާއިރު، މިއަދު އިއްޔެއަށްވުރެ ބޮޑަށް މާލެސަރަހައްދަށް އުދައެރުމުގެ ފުރުސަތު އެބައޮތެވެ.
އިއްޔެވެސް މާލެއަށް ވަނީ ވަރަށް ބޮޑަށް އުދަ އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް