އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލާން ހުޅުވާލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް --- ފޮޓޯ: ރައްޔިތުންގެ ނޫސް
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގެ މުއްދަތު ހަމަވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.
އެމަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ރައީސް އޮފީހުން ފުރުޞަތު ހުޅުވާލާފައި ވަނީ، މިހާރު އެމަޤާމުގައި ހުންނެވި، ކޮމިޝަނަރ އާހިދު ރަޝީދުގެ ދައުރު ހަމަވާތީއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މި މަޤާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމުގައިވެސް އެއޮފީހުން ވަނީ ވިދާޅުވެފައެވެ. މިމަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 16 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 12:00 އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަނީ، މިހާރު ހުންނެވި އިންފޮމޭޝަން ކޮމިޝަނަރު އާހިދަކީ އިދިކޮޅު ފަރާތެއް ކަމުގައި ވިދާޅުވެ އާހިދު މަސައްކަތްޕުޅު ކުރައްވަނީ، ސަރުކާރާއި ދެކޮޅު ފަރާތްތަކުން އަންގާ ގޮތަކަށް ކަމަށް ތުހުމަތު ކުރައްވާފައެވެ. އެހެން ނަމަވެސް އާހިދު ވަނީ އެތުހުމަތުތައް ދޮގު ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް