ރާއްޖެ

ގއ އަތޮޅު ތަޢުލީމީ މަރުުކަޒުގެ އިމާރާތެއްގައި އަލިފާން ރޯވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގއ އަތޮޅު ތަޢުލީމީ މަރުުކަޒުގެ އިމާރާތެއްގައި އަލިފާން ރޯވެއްޖެ

ގއ. އަތޮޅުތައުލީމީ މަރުކަޒުގެ އިމާރާތެއްގައި ރޯވެ އަނދަނީ -- ފޮޓޯ: ސޯޝަލް މީޑިއާ

ގއ. ވިނލިގިލީގައި ހުންނަ ގއ އަތޮޅު ތަޢުލީމީ މަރުކަޒުގެ ޢިމާރާތެއްގައި އަލިފާން ރޯވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ މިހާދިސާ ހިނގާފައި ވަނީ މިރޭ މެންދަމު 12:00 ޖެހިފަހުންނެވެ. އަލިފާން ރޯވެފައި ވަނީ އެމަރުކަޒުގައި އަލަށް ޢިމާރާތްކޮށް ބޭނުން ކުރަމުން އަންނަ، ޕްރައިމަރީ ގްރޭޑްތަކުގެ މުދައްރިސުންގެ ސްޓާފް ރޫމުގައެވެ. އެތަނުގެ ރޯވި އަލިފާން ފެތުރި، ބީޓެކް ކުދިންނަށް ކިޔަވައިދޭ ކުލާސްރޫމުގައިވެސް ރޯވެ އަނދަމުން އަންނަ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

އަލިފާނުގެ މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ވިނލިގިލީ ކައުންސިލުން ވިދާޅުވީ، އަލިފާން ނިއްވުމުގެ މަސައްކަތުގައި ރަށުގެ ރައްޔިތުންނާއި، އަދި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް