Post banner
ރާއްޖެ

އެންސްޕާއިން އިތުރު ކޯލް ސެންޓަރެއް ޤާއިމްކޮށް ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެންސްޕާއިން އިތުރު ކޯލް ސެންޓަރެއް ޤާއިމްކޮށް ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި

މިއަދުން ފެށިގެން ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 8 އިން ރޭގަނޑު 10އަށް ކޯލްސެންޓަރުން ޚިދުމަތް ލިބެމުންދާނެ ކަމުގައި އެންސްޕާއިން ވަނީ ބުނެފައެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ކޯލް ސެންޓަރު އެންސްޕާ އައްޑޫ އޮފީހުގައި ޤާއިމްކޮށް، ޚިދުމަތްދޭ ވަގުތު އިތުރުކޮށްފިއެވެ.

އެންސްޕާއިން ހާމަކޮށްފައިވާ ގޮތުގައި، އައްޑޫ އޮފީހުގައި ޤާއިމްކޮށްފައިވާ ކޯލްސެންޓަރުން މިއަދު ވަނީ ޚިދުމަތްދޭން ފަށާފައެވެ. އަދި މިއަދުން ފެށިގެން އެންސްޕާގެ ކޯލް ސެންޓަރުން ޚިދުމަތްދޭ ދުވަސްތަކާއި ވަގުތުވެސް އިތުރުކޮށްފައިވާ ކަމުގައި އެންސްޕާއިން ވަނީ ބުނެފައެވެ.

މިގޮތުން މިއަދުން ފެށިގެން ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 8 އިން ރޭގަނޑު 10އަށް ކޯލްސެންޓަރުން ޚިދުމަތް ލިބެމުންދާނެ ކަމުގައި އެންސްޕާއިން ވަނީ ބުނެފައެވެ. ކުރިން އެންސްޕާގެ ކޯލްސެންޓަރު ހުޅުވާފައި ހުންނަނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8އިން މެންދުރުފަހު 2 އަށެވެ.

އެންސްޕާއިން ބުނި ގޮތުގައި މިބަދަލަކީ، އެންސްޕާގެ ޚިދުމަތްތައް ހޯދާ ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއި އެކު ޚިދުމަތްތަކުގެ މައުލޫމާތާއި، އެހީތަކުގެ އަދާހަމަ ހޯދުމަށް މަގުފަހިވެގެން ދާނެ ކަމެއް ކަމަށެވެ.

‏އައްޑޫ ސިޓީ ހިތަދޫގައި އެންސްޕާ އަދި އާސަންދައިގެ އޮފީހެއް ހުޅުވާފައި ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 1ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް