ރާއްޖެ

ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމާއި ކުރިމަތިލާން ޖެހޭ ބަޔަކީ ރާއްޖެކަމަށް ވެދާނެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހަނގުރާމައިގެ އެންމެ ބޮޑު ގެއްލުމާއި ކުރިމަތިލާން ޖެހޭ ބަޔަކީ ރާއްޖެކަމަށް ވެދާނެ

ފައިސަލް ވިދާޅުވީ، ތެޔޮ ގަންނަން ސަރުކާރުން މަހަކު ގާތް ގަނޑަކަށް 50 މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރާއިރު، މިހާރު އެ އަދަދު 75 މިލިއަން އެމެރިކާ ޑޮލަރަށް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ހަމައެއާއެކު އަމިއްލަ ފަރާތްތަކުން އެތެރެ ކުރާ ތެލުގެ އަގު ވެސް އެ މިންގަނޑުން މައްޗަށް ދާނެ ކަމަށާއި، އެކަމުގެ ސަބަބުން ރިސޯޓު ތަކުގެ ހިންގުމުގެ ޚަރަދާއި، އަދި އަމިއްލަ ވިޔަފާރީ ތަކުން ކުރަން ޖެހޭ ޚަރަދު ބޮޑު ވެގެން ގޮސް ކުދި ވިޔަފާރި ތަކަށާއި، އަދި ވަޒީފާ ތަކަށް ވެސް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަން ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ.

މެދު އިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމަ އާއި ގުޅިގެން އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭ އެއް ޤައުމަށް ރާއްޖެ ވެގެން ހިގައިދާނެ ކަމުގައި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ، ހަނގުރާމަ އާއި ގުޅިގެން ޚަރަދުކުދަ ކުރުމުގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ސަރުކާރުން ކުރިޔަށް ގެންދާތަން ނުފެންނާތީ އެކަމުގެ ކަންބޮޑުވުން ޙިއްޞާކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައެވެ.

ފައިސަލް ވިދާޅުވީ، އާންމު ޙާލަތުގައި ޤައުމުގެ ކަންކަން އޮތްއިރު ވެސް ވޭތުވެ ދިޔަ ދެ އަހަރެއްހާ ދުވަހު އިޤްތިޞާދު އޮތީ އެންމެ ރަނގަޅަށް މެނޭޖު ނުކުރެވި ކަމަށެވެ. އެހެންކަމުން މިފަދަ ވަގުތެއްގައި އިޤްތިޞާދު މެނޭޖުކޮށް، ރައްޔިތުންގެ ކަންބޮޑުވުން ތަކަށް ޙައްލު ގެނައުމަށް އަސާސީ ކަންތައްތަކާއި، ބޭސް ފަރުވާގެ ކަންކަމާއި، ރާއްޖެ އިން ބޭރުގައި ކިޔަވަން ތިބި ދަރިވަރުންގެ ކަންތައްތައް ރަނގަޅަށް ހަމަޖެއްސޭނީ ވަރަށް ހަރުދަނާ ކަމާ އެކު މަސައްކަތް ކޮށްގެން ކަމުގައި ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ، ތެޔޮ ގަންނަން ސަރުކާރުން މަހަކު ގާތް ގަނޑަކަށް 50 މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރާއިރު، މިހާރު އެ އަދަދު 75 މިލިއަން އެމެރިކާ ޑޮލަރަށް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ހަމައެއާއެކު އަމިއްލަ ފަރާތްތަކުން އެތެރެ ކުރާ ތެލުގެ އަގު ވެސް އެ މިންގަނޑުން މައްޗަށް ދާނެ ކަމަށާއި، އެކަމުގެ ސަބަބުން ރިސޯޓު ތަކުގެ ހިންގުމުގެ ޚަރަދާއި، އަދި އަމިއްލަ ވިޔަފާރީ ތަކުން ކުރަން ޖެހޭ ޚަރަދު ބޮޑު ވެގެން ގޮސް ކުދި ވިޔަފާރި ތަކަށާއި، އަދި ވަޒީފާ ތަކަށް ވެސް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަން ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ.

ފައިލް ވަނީ، މިފަދަ ޚައްޞާސް ވަގުތެއްގައި ޤައުމުގެ ކަންކަން ދުވަހުން ދުވަހަށް ހިންގައި، އަދި ކަމާ ގުޅުން ހުރި އެންމެހާ ފަރާތްތަކާ އެކު އެކަމުގައި މަސައްކަތްކޮށް ޤައުމުގެ ކަންތައްތައް ވީހާ ވެސް ރަނގަޅަށް މެނޭޖު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން ޓާސްކް ފޯހެއް އުފެއްދުމަކީ މުހިންމު ކަމެއްކަން ވެސް ފާހަގަކުރައްވާފައެވެ.

ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް މިކަން ބޮޑުވުން ފާޅުކުރެއްވި އިރު، މިހާރުވެސް ހަނގުރާމައިގެ ސަބަބުން އެކި ދާއިރާތަކުން ރާއްޖޭގެ އިޤުތިޞާދަށް ވަނީ އަސަރުކުރަން ފަށާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް