Post banner
ރަށްރަށުން

ހަތަރު ގަޑިއިރަށް މާދަމާ ދުވާފަރުން ކަރަންޓް ކަނޑާލަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހަތަރު ގަޑިއިރަށް މާދަމާ ދުވާފަރުން ކަރަންޓް ކަނޑާލަނީ

ރ. ދުވާފަރު ---

ދުވާފަރުގެ ޕަވަރ ސިސްޓަމްގެ އަޕްގުރޭޑިންގް މަސައްކަތެއް ކުރުމަށް ހަތަރުގަޑިއިރަށް މާދަމާ އެރަށުން ކަރަންޓްގެ ޚިދުމަތް މެދު ކަނޑާލާނެ ކަމުގައި އެމްޑަބުލިޔުއެސްސީން ހާމަކޮށްފިއެވެ.

އެކުންފުނިން އާއްމުކޮށްފައިވާ ނޯޓިސްގައި ބުނެފައި ވަނީ، 23 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހު 13:00 އިިން 17:00 އަށް މުޅި ރަށުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލެވޭނެކަމަށެވެ. ދުވާފަރުގައި ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތްދޭ އެމްޑަބްލިއުއެސްސީ އިން މިއަދު ނެރެފައިވާ ނޯޓިސްގައި ބުނެފައި ވަނީ އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށްއެދޭ ކަމަށެވެ.

ރ ދުވާފަރަކީ، ސުނާމީ ކާރިސާ އާއި ގުޅިގެން، ރ. އަތޮޅުން އެންމެ ބޮޑެތި ގެއްލުންތައް ލިބުނު، ކަނދޮޅުދޫ މީހުން އާބާދުކޮށްފައިވާ ރަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް