Post banner
ރާއްޖެ

މާލެ އަތޮޅު ތެރެއިން ބަނޑެއް އޮޔާ ދަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މާލެ އަތޮޅު ތެރެއިން ބަނޑެއް އޮޔާ ދަނީ

މާލެ އަތޮޅު އުތުރުބުރީގެ އެތެރެވަރި ތެރެއިން އޮޔާދާ ބަނޑު --- ފޮޓޯ: އާރިފް ސާމީ

މާލެ އަތޮޅު ތެރެއިން ދަގަނޑު ބަނޑެއް އޮޔާދާކަމަށް އެސަރަހައްދުން ދަތުރު ކުރި ފަރާތްތަކުން ބުނެފިއެވެ.

އެސަރަހައްދުން ދަތުރު ކުރި ރިސޯޓެއްގެ ލޯންޗެއް ދުއްވާ ކެޕްޓަނަކު ބުނީ، އެބަނޑު ފެނުނީ މިއަދު އިރުއޮއްސުނު ވަގުތުގައި ކަމަށާއި، އެ ބަނޑު އޮޔާދަނީ ހުޅަނގު އިރަށް ކަމަށެވެ. ބަނޑު އޮޔާދަނީ ލޯބިގިލި އާއިލާފުށީގެ އުތުރުން ތުލުސްދޫ ކުޑަވިލިގިލި ކަނޑު އޮޅިޔާ ދިމާއަށްކަމުގައި އޭނާ ބުންޏެވެ.

އެބަނޑުގައި އެއްވެސް މީހަކު ނެތް ކަމަށާއި، އަދި އެއްވެސް އަލިކަމެއްވެސް ނެތުމުން، މައުލޫމާތު ދިން ފަރާތުން ވަނީ ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ، މާލެ އަތޮޅުގެ އެސަރަހައްދަކީ، ރޭގަނޑުވެސް ލޯންޗު ފަހަރާއި ދޯނި ފަހަރު ދަތުރުކުރާ ސަރަހައްދެއް ކަމުގައި ވާތީއެވެ.

ބެލެވޭ ގޮތުގައި އޮޔާދާ އެބާޖަކީ، މާލެ އަތޮޅުގެ އުތުރު ބުރީގައި ބިންހިއްކަމުންދާ ކޮންމެވެސް ފަޅަކުން ބެހިގެން އޮޔާދާ އެއްޗެކެވެ.

މިކަމާއި ގުޅޭ ގޮތުން އެމްއެންޑީއެފުން މިހާތަނަށް އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް