Post banner
ރާއްޖެ

އެންމެ ބޮޑު އެއް ގޮންޖެހުމަކަށްވީ ވޭތުވެ ދިޔަ ސަރުކާރުގައި އައިސް ޕްލާންޓްތައް މިފްކޯއިން ފެނަކައަށް ބަދަލުކުރުން: ވަޒީރު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެންމެ ބޮޑު އެއް ގޮންޖެހުމަކަށްވީ ވޭތުވެ ދިޔަ ސަރުކާރުގައި އައިސް ޕްލާންޓްތައް މިފްކޯއިން ފެނަކައަށް ބަދަލުކުރުން: ވަޒީރު

ވަޒީރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު އައިސްޕްލާންޓްތަކާއި ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަނީ --- ފޮޓޯ: މަޖިލިސް

ދިވެހިރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތައް ވޭތުވެ ދިޔަ އަހަރުތަކުގައި އެންމެ ބޮޑު އެއް ގޮންޖެހުމަކަށްވީ ކުރީ ސަރުކާރުން އައިސްޕްލާންޓްތައް ހިންގުމުގެ މަސައްކަތް މިފްކޯއިން ނަގައި ފެނަކައާއި ހަވާލުކުރުން ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު އައިސްޕްލާންޓްތަކާއި ގުޅޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން ވަޒީރު ފާހަގަކުރެއްވީ މިދިޔަ ދައުރުގައި މިފްކޯއިން ހިންގަމުން ދިޔަ 22 އައިސް ޕްލާންޓް ފެނަކައާ ހަވާލުކުރި އިރު، ދައުރު ނިމުނު އިރު ދެބައިކުޅަ އެއްބައިވެސް އޮޕަރޭޝަނުގައި ނެތްކަމަށެވެ. ސަބަބަކީ އައިސް ޕްލާންޓްތަކާއި ގުޅޭ ފަންނީ މަސައްކަތް ނުދަންނަ ފަރާތަކާއި މަސައްކަތް ހަވާލުކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި މިހާރު ރާއްޖޭގައި 74 އައިސް ޕްލާންޓް ހުރި އިރު، އޭގެތެރެއިން 27 އައިސްޕްލާންޓް މިފްކޯ އޮޕަރޭޓްކުރަމުން ގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށް އޮތް މައިގަނޑު ގޮންޖެހުންތަކަކީ އައިސް ލިބުމުގެ މައްސަލަ އާއި، ކޯލްޑް ސްޓޯރޭޖްގެ މަސައްސަލައިގެ އިތުރުން ބާޒާރުގައި މަހަށް ހަމަ އަގު ލިބުމުގެ ދަތިތަކާއި ރާއްޖޭގައި މަސް ޕްރޮސެސްކުރެވޭނެ ކެޕޭސިޓީ ނެތުންކަމަށެވެ. ނަމަވެސް، ސަރުކާރުން މަސައްކަތްކުރަނީ މި ގޮންޖެހުންތަކަށް ޖުމްލަ ހައްލެއް ގެނައުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް