ތެލަސީމިއާ ކުދިންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވި މުޢިއްޒު ނިޔާވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރާއްޖޭގެ ތެލަސީމިއާ ކުދިންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ޢަބްދުލްމުޢިއްޒު ޙަސަން ނިޔާވެއްޖެއެވެ.
އޭނާ ނިޔާވީ، ސިއްޙީ ހާލަތު ގޯސްވެ ހުޅުމާލެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިއަދުއެވެ.
މުޢިއްޒުއަކީ، ވެސް ތެލަސީމިއާ ޕޭޝަންޓެކެވެ. އޭނާއަކީ، ތެލަސީމިއާ ކޮމިއުނިޓީގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވި، އަދި ތެލަސީމިއާ ކުދިންގެ ޙައްޤުތަކަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
ތެލަސީމިއާ ސޮސައިޓީގެ ޗެއާމަންގެ މަޤާމުންވެސް އޭނާ ކުރިން ފުރުއްވާފައި ވާއިރު، ނިޔާވި އިރުވެސް ހުންނެވީ، ތެލެސީމިއާ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ އެގްޒެކްޓިވް މެމްބަރެއްގެ މަޤާމުގައެވެ.
އިޖުތިމާޢީ ގިނަ ޚިދުމަތްތަކެއްވެސް ކުރައްވަމުން އައި މުޢިއްޒު ވަޒީފާ އަދާކުރަމުން އައީ އެޗްޑީސީގައެވެ. އެކުންފުނީގެ މުވައްޒަފުންގެ ކުލަބްގެ ނައިބު ރައީސްގެ ހައިސިއްޔަތުން އެކުލަބުގެ އިޖުތިމާޢީ މަސައްކަތްތަކުގައި އޭނާ ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރައްވާފައެވެ.
މުއިއްޒު ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އެ ޚަބަރު އަޑު އެއްސެވީ ފުން ހިތާމަ އާއި އެކުގައިކަމަށް ވިދާޅުވެ، މުޢިއްޒުގެ އާއިލާއަށް ތަޢުޒިޔާވެސް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް