"ފަޔަރ ޕްރިވެންޝަން ވީކް 2026" ފަށައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
"ފަޔަރ ޕްރިވެންޝަން ވީކް 2026"ގެ ހަރަކާތްތަކުގެ ތެރެއިން--- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ކުރިޔަށް ގެންދާ "ފޔަރ ޕްރިވެންޝަން ވީކް 2026" ހަރަކާތްތައް ހޮނިހިރު ދުވަހު ފަށައިފިއެވެ.
މިހަރަކާތްތައް ކުރިޔަށް ގެންދަނީ އަމީނިއްޔާ ސްކޫލުގައެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ކުރިއަށް ގެންދާ މި ހަރަކާތް، މިފަހަރު ކުރިޔަށް ގެންދިޔުމަށް ހަމަޖައްސާފައި ވަނީ، ޖެނުއަރީ 31 އިން ފެބްރުވަރީ 7ވަނަ ދުވަހުގެ ނިޔަލަށް ކަމުގައި އެމްއެންޑީއެފުން ވަނީ ހާމަކުރައްވާފައެވެ. އަދި މިހަރަކާތްތައް އެމްއެންޑީއެފުގެ ހުރިހާ އޭރިއާ ކޮމާންޑެއްގައިވެސް ކުރިޔަށް ދާނެ ކަމުގައި އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
މިގޮތުން ގްރޭޓަރ މާލެ ސަރަޙައްދުގައި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ހެޑްކޯޓަރޒްގެ ފަރާތުން ކުރިއަށް ގެންދަން ހަމަ ޖެހިފައިވާ ތަންތަނުގެ ތެރޭގައި އަމީނިއްޔާ ސްކޫލު، މުޙްޔިއްދީން ސްކޫލް، ޞަލާޙުއްދީން ސްކޫލް، ރަސްފަންނު، ހުޅުމާލެ ރުއްގަނޑު އެކެއް، ހިޔާ ފުލެޓް ސަރަޙައްދު އަދި ރެހެންދި ސްކޫލް ހިމެނޭ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށް ހޮނިހިރު ދުވަހު ކުރިޔަށް ގެންދިޔަ ހަރަކާތުގައި، ޖުމުލަ 920 ދަރިވަރުން ބައިވެރިވެފައިވާ ކަމުގައިވެސް އެމްއެމްޑީއެފުން ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް