އީޜާނުގެ ސްޕްރީމް ލީޑަރު ޝަހީދުކޮށްލުމުން ތައުޒިޔާ ވިދާޅުނުވި ސަބަބެއް ހާމަކުރައްވަން ރައީސް ދެކޮޅު ހައްދަވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އީރާންގެ ރޫޙީ ލީޑަރު، އާޔަތުއްﷲ ޢަލީ ހާމަނާއީ ޝަހީދުކޮށްލުން ރާއްޖެއިން ކުއްވެރިކޮށް، އަދި އެހިތާމައިގައި ބައިވެރިނުވި ސަބަބެއް ހާމަކުރައްވަން ރައީސުލްޖުމްހޫރިއްޔާ ދެކޮޅު ހައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ދައުރު ނޫހުގެ ނޫސްވެރިޔާ މުޒައްޔިން އެކަމާއި ގުޅޭ ގޮތުން ސުވާލު ކުރެއްވުމުން ސީދާ ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބެއް ނުދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު ހިނގަމުން އަންނަ ހަނގުރާމައިގައި ދެފަރާތުންދޭ ހަމަލާތައްވެސް ކުއްވެރި ކުރާ ކަމަށެވެ. އަދި ދިވެހިރާއްޖެއިން އޮތީ ޢަރަބި އިސްލާމީ ޤައުމުތަކާއި އެކުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޢަރަބި އިސްލާމީ ޤައުމުތަކާއި އެކު އެއް ރޫޙެއްގައި މަސައްކަތް ކުރަމުންދަނީ. އެހެންވީމާ، ވަރަށް އެކުވެރި، ވަރަށް އުޚުއްވަތްތެރި ގުޅުމެއްގެ ތެރެއިން މަސައްކަތް ކުރަމުން މިދަނީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އީރާންގެ ރޫޙީ ލީޑަރު އާޔަތުއްﷲ ޢަލީ ޙާމަނާއީ އަވަހާރަވުމަކީ، އިސްލާމީ އުއްމަތަށް ލިބުނު ހިތާމައެއް ނޫންތޯ 27 އޮންލައިންގެ ނޫސްވެރިޔާ، އާދަމް ނަޒީރު ސުވާލުކުރުމުން އެކަމަށްވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޖަވާބެއް ނުދެއްވިއެވެ. އަދި ތަޢުޒިޔާ ވިދާޅު ނުވަނީ، ކީއްވެތޯ ސުވާލު ކުރުމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަކުރާރުކޮށް ވިދާޅުވީ، މިސަރުކާރުން އޮތީ ޢަރަބި އިސްލާމީ ޤައުމުތަކާއި އެކުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް