ހުޅުމާލެ ގެސްޓް ހައުސްއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވައި ފެނިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހުޅުމާލެ ޕޮލިސް -- ފޮޓޯ: ރައްޔިތުންގެ ނޫސް
ހުޅުމާލެ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގެ ތެރޭގައި ނިިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ނިޔާވެފައި އޮއްވައި ފެނުނު މީހަކީ، މާލެ / ސްޓަރ، މުޙައްމަދު ރަޒީން (50އ) ކަމަށެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހުޅުމާލެ ފޭސް 1 ގައި ހުންނަ ގެސްޓް ހައުސް އެއްގެ 3 ވަނަ ފަންގިފިލާގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން މިއަދު މެންދުރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ރަޒީން މަރުވެފައި އޮއްވައި ފެނުނު މައްސަލަ ތަޙްޤީޤުކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް