classified
ރާއްޖެ

ޕީއެންސީ އިންތިޚާބާއި ގުޅިގެން ހިންގި މާރާމާރީގެ މައްސަލައިގައި މީހަކު ހައްޔަރު ނުކުރާކަމަށް ބުނެފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޕީއެންސީ އިންތިޚާބާއި ގުޅިގެން ހިންގި މާރާމާރީގެ މައްސަލައިގައި މީހަކު ހައްޔަރު ނުކުރާކަމަށް ބުނެފި

އިއްޔެ ޕީއެންސީން ކުރިޔަށް ގެންދިޔަ އިންތިޚާބުގެ ނަތީޖާއާއި މެދު ހިތްހަމަ ނުޖެހި ބަޔަކު، ހުޅުމާލެ ފޭސް 2ގައި ހުންނަ ކާމިލްދީދީ ޕްރީ ސްކޫލުގެ ތެރޭގައި ހިންގި މާރާމާރީ އާއި ގުޅިގެން މިހާތަނަށް އެއްވެސް މިހަކު ހައްޔަރުކޮށްފައި ނުވާކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ،

ފުލުހުންގެ އިދާރާއިން މިހެން ވިދާޅުވީ، ފުލުހުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ހަދާފައިވާ ވަޓްސްއެޕް ގުރޫޕުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

އެމާރާމާރީ އާއި ގުޅިގެން މިހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް މައްސަލަ ބަލަމުންދާކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ކާމިލްދީދީ ޕްރީ ސްކޫލުގެ ތެރޭގައި ޕީއެންސީގެ މެމްބަރުންތަކެއްގެ މެދުގައި ހިނގި އެ މާރާމާރީގައި އެސްކޫލުގެ ތަކެއްޗަށް ގެއްލުން ލިބުމުގެ އިތުރުން، ދޮރެއްގެ ބިއްލޫރިގަނޑެއްވެސް ތަޅައިގެން ދިޔައެވެ. އެހަމަނުޖެހުންތަކާއި ގުޅިގެން ޕީއެންސީން ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް