classified
ރާއްޖެ

ހިތަދޫ ކުނަހަންދޫ ކޯޒުވޭގެ މަސައްކަތް ކުރިޔަށް ދަނީ ބޭނުންވާ ވަރަށްވުރެ ލަހުން: މިނިސްޓަރ ޑރ. މުއްޠަލިބު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހިތަދޫ ކުނަހަންދޫ ކޯޒުވޭގެ މަސައްކަތް ކުރިޔަށް ދަނީ ބޭނުންވާ ވަރަށްވުރެ ލަހުން: މިނިސްޓަރ ޑރ. މުއްޠަލިބު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރ ޑރ. މުއްޠަލިބު ވާހަކަފުޅު ދައްކަވަނީ---

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ފެށި، ކުނަހަންދޫ ހިތަދޫ ކޯޒްވޭގެ މަސައްކަތް ކުރިޔަށް ދަނީ ސަރުކާރުން ބޭނުންވާ ވަރަށް ވުރެ ލަހުން ކަމުގައި، އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުއްޠަލިބު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަޙްމަދު ޝާކިރު، ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ސުވާލު ހުށައަޅުއްވަމުން މެމްބަރު ޝާކިރު ވަނީ، އޭނާގެ އެސުވާލަކީ، އެއްއަހަރު ކުރިން ހުށައެޅުއްވި ސުވާލެއް ކަން ފާހަގަކުރައްވާފައެވެ.

ލ. ކުނަހަންދޫ އާއި ހިތަދޫ ގުޅުވައިދޭ ކޯޒްވޭގެ މަސައްކަތް ނިމޭނެ ތާރީޚަކާއި ގުޅޭ ގޮތުން ކުރި އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، އެކޯޒުވޭގެ މަސައްކަތް ނިމޭނެ ކަމަށް ބެލެވެނީ، 2028 ވަނަ އަހަރުގެ މެދު ތެރޭގައި ކަމަށެވެ. އަދި އެމަސައްކަތުގައި މިހާރު ކުރިޔަށް ދަނީ، އެލް ބްލޮކްތައް ހެދުމުގެ މަސައްކަތް ކަމަށެވެ.

އިތުރު ސުވާލު ކުރުމަށް ލިބުނު ފުރުޞަތުގައި މެމްބަރު ޝާކިރު ވަނީ، އެމަސައްކަތް މިހާރު މުޅިން ހުއްޓިފައި އޮތްކަން ފާހަގަކުރައްވާފައެވެ.

ކުނަހަންދޫ ހިތަދޫ ކޯޒްވޭގެ މަސައްކަތް ސަރުކާރުން އެެމްޓީސީސީ އާއި ހަވާލުކުރެއްވީ، 500 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް، 81 މިލިއަން ރުފިޔާއަށް، 22 ޖެނުއަރީ 2023ގައެވެ. އެމަޝްރޫޢުގެ އަމަލީ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް އެމްޓީސީސީން އެރަށަށް ގޮސްފައި ވަނީ، 2 ސެޕްޓެމްބަރު 2023 ގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް