ހުކުރު ވަގުތު ޕާކިސްތާނުގެ މިސްކިތެއްގައި އެއްޗެއް ގޮއްވާލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޕާކިސްތާނުގެ މިސްކިތެއްގައި އެއްޗެއް ގޮއްވާލުން ---
ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ހުރި، ޝިޢައީންގެ މިސްކިތެއްގެ ތެރޭގައި އެއްޗެއް ގޮއްވާލުމުގެ ސަބަބުން އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.
ޕާކިސްތާނުގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި އެހަމަލާއަކީ މީހަކު އަމިއްލައަށް މަރުވެގެން ދީފައިވާ ހަމަލާއެކެވެ. ހަމަލާދިން މިސްކިތަކީ ޝިޢީންގެ މިސްކިތެކެވެ. އެމިސްކިތުގައި އެހަމަލާ ދީފައި ވަނީ މިއަދުގެ ހުކުރުނަމާދުގެ ޖަމާއަތް ކުރިޔަށް ދަނިކޮށެވެ.
އެހަމަލާގައި މަދުވެގެން 31 މީހުން މަރުވެފައި ވާއިރު، 170 ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ޕާކިސްތާނުގެ ނޫސްތަކުން ހާމަކޮށްފައި ވެއެވެ.
މިއީ މިފާއިތުވެ 10 އަހަރުގެ ތެރޭގައި އިސްލާމް އާބާދުގައި ދިން މިފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ. 240 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނުގައި ޝިޢީންގެ އާބާދީ ވަރަށް މަދެވެ. އެހެން ނަމަވެސް ޝިޢީންނަށް އަމާޒުކޮށް ސުންނީ ހަނގުރާމަވެރި ގުރޫޕްތަކުން ޓެރަރިސްޓް ހަމަލާތައް ދިނުން މިފަހަކަށް އައިސް އިތުރުވެފައިވާ ކަމަށް ރިޕޯޓްތަކުގައި ފާހަގަކޮށްފައި ވެއެވެ.
މިއަދު ދިން މިހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް