Post banner
ރާއްޖެ

މުދާ އުފުލާ ބޯޓު ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މުދާ އުފުލާ ބޯޓު ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

ބަންޑުން ޖަހާލި ބޯޓު "ބަލްމާ-6" -- ފޮޓޯ: އެމްއެންޑީއެފް

މުދާ އުފުލާ ބޯޓު ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

"ބަލްމާ – 6" ނަމަކަށް ކިޔާ މިބޯޓު ބަންޑުން ޖަހާލާފައި ވަނީ، އާދީއްތަ ދުވަހު، ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށެވެ. އެ ބޯޓުން 4 މީހަކު ދަތުރު ކުރި އިރު، އޭގެ ތެރެއިން ދެމީހުން ވަނީ ސަލާމަތްކޮށް އެ ސަރަހައްދުން ދަތުރު ކުރި އެހެން ދޯންޏަކަށް ނަގާފައެވެ.

އެމްއެންޑީއެފުން ހާމަކުރައްވާފައިވާ ގޮތުގައި ގެއްލިގެން ހޯދަމުން ދިޔަ ދިވެހި މީހާގެ ހަށިގަނޑު ފެނުނީވެސް ތާޖް އެގްޒޯޓިކާ ރިޒޯޓުކައިރިން ކަނޑުމަތިންނެވެ. ނިޔާވެފައި އޮއްވައި ފެނުނު މީހަކީ، ބ. ހިތާދޫ، މުނިޔާ، އަލީ ހުސައިން (60އ) އެވެ. އޭނާއަކީ، ބަންޑުން ޖަހާލި "ބަލްމާ – 6" ބޯޓުގެ ކެޕްޓަނެވެ. މިރޭގެ ޢިޝާނަމާދަށް ފަހުގައި މާލޭ އާސަހަރާގައި އޭނާގެ ޖަނާޒާ ބާއްވައި ހަށިގަނޑު ވަނީ ވަޅުލާފައެވެ.

އެބޯޓު ބަންޑުން ޖަހާލި ހާދިސާގައި ބިދޭސީއަކުވެސް ވަނީ ގެއްލިފައެވެ. އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާތަނަށް އޭނާ ފެނިފައި ނުވާކަމުގައި އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް