Post banner
ރާއްޖެ

ދިޔަވަމުން ދިޔަ ދޯންޏެއް ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ސިފައިންގެ މީހަކާއި ފުލުހަކު ގެއްލިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދިޔަވަމުން ދިޔަ ދޯންޏެއް ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ސިފައިންގެ މީހަކާއި ފުލުހަކު ގެއްލިއްޖެ

ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް 8 މީހުންނާއެކު ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް، ރާޅު އަރައި ދިޔަވަމުންދާތީ އެ އުޅަނދާއި އޭގައި ތިިބި މީހުން ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން މަސައްކަތްކުރަމުން ދަނިކޮށް އެ ދޯނި އަޑިއަށް ގޮސް ދޯނީގެ ކެޕްޓަނާއި  ސިފައިންގެ މީހަކާއި ފުލުހަކު ގެއްލިއްޖެއެވެ.

މިހާދިސާހިނގީ ރޭ މެންދަންވުމާއި ގާތްވެފައި ވަނިކޮށެވެ.

ޢެމްއެންޑީއެފުން ވިދާޅުވީ، އެދޯންޏަށް ރާޅު އަރައި ދިޔަވަމުންދާކަމުގެ މަޢުލޫމާތު ލިބުމާއެކު، އުޅަނދާއި އޭގައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ވަނީ ފެށިކަމަށެވެ. ނަމަވެސް، ކަނޑުގަދަވުމުގެ ސަބަބުން ދޯނި ސަލާމަތްކުރުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ނުވެ، ސިފައިންނާއި ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް އުޅަނދު ވަނީ މުޅިން އަޑިއަށް ދިޔައީ ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާ ހިނގިއިރު، މި އުޅަނދުގައި ޖުމްލަ 8 މީހުން ތިއްބެވެ. މީގެތެރެއިން 7 މީހަކު މިހާރު ވަނީ ސަލާމަތްކުރެވިފައެވެ. މިހާދިސާގައި ދޯނީގައި ތިބި މީހުންގެތެރެއިން ގެއްލިފައި ވަނީ ދޯނީގެ ކެޕްޓަނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް