Post banner
ރާއްޖެ

އިތުރު ދެމީހަކަށް ހިމަބިހި ޖެހިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިތުރު ދެމީހަކަށް ހިމަބިހި ޖެހިއްޖެ

ދަރުމަވަންތަ ހޮސްޕިޓަލް-- ފޮޓޯ: ރައްޔިތުންގެ ނޫސް

މިއަދު އަނެއްކާވެސް އިތުރު ދެމީހަކު ހިމަ ބިއްސަށް ޕޮޒިޓިވްވެފައިވާ ކަމުގައި، އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

ރާއްޖެއިން މުޅިން ނައްތާލެވިފައިވާ ހިމަބިހި ޖެހޭ މީހުންގެ އަދަދު މިމަހު އިތުރުވާން ފެށިއިރު، އެކަމާއި ގުޅިގެން ޚާއްޞަ ފިޔަވަޅުތައްކެއް އަޅަންފެށީ، އެބަލި ޖެހިފައިވާ ދެމީހަކު މިދިޔަ ހަފްތާގައި ފެނުމާއި ގުޅިގެންނެވެ.

މިއާއެކު މިއަހަރުގެ ތެރޭގައި ރާއްޖެއިން މިބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 9އަށް އަރާފައެވެ. އޭގެ ތެރެއިން 6 މީހުންނަކީ މިހިނގާ މެއި މަހުގެ ތެރޭގައި އެ ބައްޔަށް ޕޮޒިޓިވް ވި މީހުންނެވެ.

ހިމަބިއްސަކީ، ރާއްޖެއިން މުޅިން ނައްތާލެވިފައިވާ ބައްޔެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން އޮތީ ކަނޑައަޅާފައެވެ. ރާއްޖެއިން މީސްލްސް ނައްތާލެވުމުގައި އެންމެ ބޮޑު ކާމިޔާބީއަކީ، ތުއްތު ކުދިންނަށް ވެކްސިން ދޭން ފެށުމެވެ.

ރާއްޖެއިން މިބަލި ނައްތާލެވިފައި ވީނަމަވެސް އަވައްޓެރި ޤައުމުތަކަށް ދަތުރުކުރާ ފަރާތްތަކުންނާއި، އަވައްޓެރި ޤައުމުތަކުން ރާއްޖެއަށް އަންނަ ފަރާތްތަކުގެ ޒަރީޢާއިން ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދުވަނީ އިތުރުވެފައެވެ.

މިދުވަސްވަރު، އަވައްޓެރި ޤައުމުތަކުގެ ތެރެއިން އިންޑިއާ އާއި ބަނގުލަދޭޝްގައި މިބަލި އަންނަނީ ވަރަށް ބޮޑަށް ފެތުރެމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް