ފްލެޓާއި ގޯތި ހޯދައިދޭނެކަމަށް ބުނެ ފައިސާ އަތުލި މައްސަލަ ބަލަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހުންގެ އިދާރާ
ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެމައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
އެހެން ނަމަވެސް އެމައްސަލައަކީ، ސީދާ ކޮން މައްސަލައެއް ކަމެއް ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައެއް ނުވެއެވެ. އެހެން ނަމަވެސް ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން، ގޯއްޗާއި ފްލެޓް ހޯދައިދޭނެ ކަމުގައި ބުނެ އާއްމުންގެ އަތުން އެތައް މިލިއަން ރުފިޔާއެއް ނެގި ކަމުގެ ތުހުމަތުގައި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔާސީން ވަނީ މަޤާމުން ވަކިކޮށްފައެވެ. ފުލުހުން ތަޙްޤީޤުކުރާ މައްސަލައަކީ، އޭނާގެ މައްސަލަ ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.
މުހައްމަދު ޔާސީން ވަނީ، އާއްމުންނާއި ސަރުކާރުގެ މަޤާމުތަކުގައި ތިބި ފަރާތްތަކުގެ އަތުންނާއި، އަދި ފަނޑިޔާރުންގެ އަތުންވެސް، އުސޫލުން ބޭރުން ފްލެޓާއި ގޯތި ހޯދައި ދޭނެކަމަށް ބުނެ އެތައް މިލިޔަން ރުފިޔާއެއް އަތުލާފައި ކަމަށް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް