classified
ރާއްޖެ

ބަޖެޓުން 38 މިލިއަން ރުފިޔާ ޚަރަދުކޮށްގެ އިމާރާތް ކުރި ތިނަދޫ މިއުޒިއަމް ވިރާނާވަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބަޖެޓުން 38 މިލިއަން ރުފިޔާ ޚަރަދުކޮށްގެ އިމާރާތް ކުރި ތިނަދޫ މިއުޒިއަމް ވިރާނާވަނީ

ތިނަދޫ މިއުޒިއަމް --- ފޮޓޯ: ސަޢުދު ޢަލީ ފޭސްބުކް

ދައުލަތުގެ ބަޖެޓުން 38 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ޢިމާރާތްކޮށްފައިވާ، ތިނަދޫ މިއުޒިއަމް މަރާމާތު ނުކުރެވި ވީރާނާވަމުންދާތީ، ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު އަލީ ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.

އެ އިމާރާތް މަރާމާތު ނުކުރެވި ވީރާނާވަމުން ދަނީ، އެތަން މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ހަމަނުޖެހިންގެ ކަމުގައި، ސައުދު އޭނާގެ ސޯޝަލް މީޑިއާގައި ލިޔުއްވި ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ. އެއިމާރާތް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް، މަސައްކަތް ކުރެވުނު ނަމަވެސް މިފާއިތުވި އަހަރުތަކުގައި އެތަން މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ސަރުކާރުން ހަމަޖައްސައިދީފައި ނުވާކަން ސަޢުދު ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވައިގެންނާއި، ސަރުކާރުގެ މުއައްސަސާތަކަށް ދަންނަވައިގެން އެއިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ކުރެވޭތޯ 2024 ވަނަ އަހަރުން ފެށިގެންވެސް މަސައްކަތް ކުރަމުން އަންނަ ކަމުގައި އޭނާ ވިދާޅުވިއެވެ.

އެއިމާރާތް މަރާމާތު ކުރުމަށް ބޭނުންވާ ފައިސާ ސަރުކާރުން ހަމަޖައްސައި ނުދޭތީ އެކަމަށް ސަޢުދު ވަނީ ފާޑުވިދާޅުވެފައެވެ.

ތިނަދޫ ސިޓީގައި ހުރި މިއުޒިއަމް އިމާރާތް މަރާމާތުކުރާާނެ ފައިސާ ދައުލަތުގައި ނެތުމުގެ ސަބަބުން މިވަނީ މަރާމާތު ނުކުރެވިފއެވެ. އެހެނަސް މާލޭގައިކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން ސަރުކާރުގައި ފަައިސާ ހުރެއެވެ. ރަސްމާލެ ހިއްކައި ރާއްޖެތެރެ ހުސްކުރަން ޚަރަދު ކުރުމަށް ސަރުކާރުގައި ފައިސާ ހުރެއެވެ. ތިނަދޫ ސިޓީގެ ރައްޔިތުންގެ މި މިއުޒިއަމް އިމާރާތް ހަދަން ސަރުކާރުގައި ފައިސާނެތެވެ." ސަޢުދު ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

ތިނަދޫ މިއުޒިއަމް ހަދާފައި ވަނީ، 38 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ނަމަވެސް އެއިމާރާތް ހަދާފައިވަނީ ވަރަށް ފެންވަރުދަށްކޮށްކަން ސައުދު ވަނީ ފާހަގަކުރައްވާފައެވެ.

ތިނަދޫ ސިޓީ މިއުޒިމް ހަދާފައި ވަނީ، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުގެ މަޤާމުގައި ހުންނެވި އިރު ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ. އެތަން ހުޅުވާފައި ވަނީ 2017 ވަނަ އަހަރުގައެވެ.


ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް