ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކާޑު ލިމިޓް އިތުރުކޮށްދެނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ބޭންކް އޮފް މޯލްޑިވްސްގެ ތަރުޖަމާނު މުޙައްމަދު ސަޢީދު --
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން ވިސާ ފީދެއްކުމަށްޓަކައި، ދަރިވަރިންގެ ކާޑު ލިމިޓް އިތުރުކޮށްދޭން ނިންމާފައިވާ ކަމުގައި ބޭންކް އޮފް މޯލްޑިވްސްއިން ހާމަކުރައްވައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ތަރުޖަމާނު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާ އަށް ފައިސާ ދެއްކުމަށް މީގެ ކުރިން 'ކޭސްބައި ކޭސް' އަށް ބެލުމަށް ފަހު ބޭންކުން ކާޑަށް ލިމިޓްދެމުން ގެންގޮސްފައިވާ ކަމަށެވެ.
އަދި މި ބޭނުމަށް ދަރިވަރުންނަށް ބޭރުފައިސާ ހަމަޖައްސައި ދިނުމަށް އެމްއެމްއޭގެ އެހީތެރިކަމާއެކު ބޭންކުން މިހާރު ވަނީ މިއަދުން ފެށިގެން ހުރިހާ ދަރިވަރުންނަށްވެސް، ވިސާ އަށް ފައިސާ ދެއްކުމަށް ބޭންކަށް އެދި ހުށަހެޅުމުން ކާޑަށް ލިމިޓް ދިނުމަށް ނިންމާފައި ކަމުގައިވެސް ސަޢީދު ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލްކުރާ ދަރިވަރުންގެ ކާޑުތަކަށް މިހާރުވެސް ބޭންކުން 1200 ޑޮލަރުގެ ލިމިޓެއް ކަނޑައަޅާފައި އޮވެއެވެ.
ބޭންކަށް ޑޮލަރު ލިބުން ދަތިވެ، ބީއެމްއެލްއިންނާއި، މޯލްޑިވްސް އިސްލާމިކް ބޭންކުންވެސް ވަނީ، ރުފިޔާ އެކައުންޓްތަކުގެ ކާޑުތަކަށް ދޫކުރާ ލިމިޓް ކުޑަކޮށް، ބައެއް އީކޮމާސް ވެބްސައިޓްތަކުން އާއްމުންނަށް ވިޔަފާރި ނުކުރެވޭ ގޮތް ހަދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް