ހަނިމާދޫގައި ހުންނަ ފެނަކައަށް އައު އިންޖީނެއް ގެނެސްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އައު ޖެނެރޭޓަރާއެކު މީގެ ފަހުން ޖުމްލަ ހަތަރު ޖެނެރޭޓަރު ބޭނުންކުރާނެ ----
ހދ. ހަނިމާދޫގައި ހުންނަ ފެނަކަ ބްރާންޗަށް އައު އިންޖީނެއް ގެނެސްފިއެވެ.
ހަނިމާދޫގެ ފެނަކައިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ހަނިމާދޫގެ ފެނަކައަށް ގެނައި އިންޖީނަކީ 1200 ކިލޯ ވޮޓްގެ އިންޖީނެއް ކަމަށެވެ.
މިވަގުތު ހަނިމާދޫ ފެނަކައިގައި ތިން އިންޖީނު ހުރި އިރު، ފެނެކައިން ގެނައި އައު އިންޖީނާއެކު މީގެ ފަހުން ޖުމްލަ ހަތަރު އިންޖީނު ބޭނުންކުރާނެއެވެ. އެގޮތުން ހަނިމާދޫގައި ދެން ހުންނާނީ 1000 ކިލޯ ވޮޓްގެ ދެ އިންޖީނާއި 1200 ކިލޯ ވޮޓްގެ ދެ އިންޖީނެވެ.
އައު އިންޖީނާއެކު އެ ރަށުގައި 4400 ކިލޯ ވޮޓްގެ ކަރަންޓް އުފެއްދުމުގެ ގާބިލްކަން މީގެ ފަހުން ހުންނާނެކަމަށް ފެނަކައިން ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ. އަދި މީގެ ކުރިން ހަނިމާދޫގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީއަކީ 3500 ކިލޯ ވޮޓް ކަމަށް ފެނަކައިން ހާމަކުރިއެވެ.
ހަނިމާދޫގައި ޖުމްލަ 500 އަށް ވުރެއް ގިނަ ގޭބީސީ ހުންނައިރު، އައު އިންޖީނާއެކު އެ ރަށުގެ މިހާރުގެ އާބާދީއަށް ކަރަންޓު ފޯރުކޮށްދިނުމުގެ ގާބިލްކަން ހުންނާނެތީވެ އިތުރު އިންޖީނެއް ގެންނަން ނުވިސްނާކަން ހަނިމާދޫއިން މި ނޫހަށް މައުލޫމާތުދިނެވެ.
ހަބަރު ލިޔުނީ: މުހައްމަދު މުއާޒް – ރަށު ރިޕޯޓަރު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް