ހުޅުމާލެ ފޭސް 3 ގެ %75 ހިއްކައި ނިމިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް --- ފޮޓޯ: އެމްއޭސީއެލް
ހުޅުމާލެ ފޭސް 2އިން ބިންކުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ %75ގެ ބިން ހިއްކައި ނިންމައިފިއެވެ.
އެމަސައްކަތް ކުރަމުން އަންނަ ކުންފުނި އެމްއޭސީއެލް އިން ހާމަކުރައްވާފައިވާ ގޮތުގައި، މިހާރު ވަނީ، ފޭސް ތިނަކަށް ބޭނުންވާ ބިމުގެތެރެއިން 47 ހެކްޓަރުގެ ބިން ހިއްކައި ނިމިފައެވެ. ފޭސް 3ގެ ގޮތުގައި ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖައްސާފައި ވެއެވެ.
ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައި ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގައެވެ. އެހެން ނަމަވެސް ސަރުކާރު ބަދަލުވުމަށް ފަހުގައި އެމަސައްކަތް ހުއްޓިފައި އަހަރެއްހައި ދުވަހު އޮތެވެ. ހުޅުމާލެ ފޭސް 3 އާއި ރަސްމާލެ އަދި ގިރާވަރުފަޅު ހިއްކުމަށްޓަކައި ސަރުކާރުން މިހާރު އެމަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ދަށުން އުފައްދާފައިވާ ސަބްސިޑިއަރީ ކުންފުނި މެރިން އެންޑް އިންޓަގްރޭޓަޑް އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓާއެވެ.
ހުޅުމާލެ ފޭސް 3 ހިއްކަން ފަށާފައިވަނީ، މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން އިއުލާނުކުރި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް