މެދުއިރުމަތީގެ ހަމަނުޖެހުމުގެ ސަބަބުން ރައީސްގެ ވަޢުދުފުޅުތައް ފުއްދަން ހުރަސްތައް އެބައޮތް ކަމުގައި މިނިސްޓަރ ވިދާޅުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިނިސްޓަރ ޑރ ޢަބްދުﷲ މުއްޠަލިބު --
ވ ކެޔޮދޫ ހިމެނޭ ގޮތުން އެއަތޮޅުގެ ތިން ރަށެއްގެ ބިންހިކުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައި ވީ ނަމަވެސް އެކަމަށް ހުރަސްތައް ކުރިމަތިވެފައި ވަނީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކަމުގައި، މިނިސްޓަރ އޮފް އިންފްރ ސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ
މިނިސްޓަރ މުއްޠަލިބު މިހެން ވިދާޅުވީ، ވ ކެޔޮދޫ ބިންހިއްކުމާއި، ވ. ރަކީދޫއިން މީހުން ބަދަލުކުރުމާއި ގުޅޭ ގޮތުން، ކެޔޮދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިއުޝާދު ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ މުއްޠަލިބު ވިދާޅުވީ، ކެޔޮދޫ ހިމެނޭ ގޮތަށް، ވަ އަތޮޅުގެ ތިން ރަށެއްގެ ބިންހިއްކުމުގެ މަސައްކަތުގެ އެގްރިމެންޓްގައި ސޮއިކުރުމާއި ހަމައަށް ގޮސްފައި އޮއްވައި އެކަން މަޑު ޖެހުނީ، މެދު އިރުމަތީގައި ފެށުނު ހަމަނުޖެހުންތަކާއި ގުޅިގެން ކަމަށެވެ. އެގޮތަށް ދިމާވީ ކުރިން ކަނޑައެޅި އަގުތަކަށް އެއްބަސް ނުވެވޭތީ ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ކަމުގައިވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ މުއްޠަލިބު ވިދާޅުވީ، އެމަސައްކަތް އަވަސް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި، ބިން ހިއްކުމުގެ އެމަޝްރޫޢުތަކުގައި ބޭނުން ކުރަން ޖެހެނީ، މާކަނޑުން ވެލިނަގައިގެން ބިންހިއްކުމުގެ ޤާބިލްކަން ހުރި ޑްރެޖަތައް ކަމަށެވެ. އަދި އެފަދަ ޑްރެޖަރުތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް މިނިސްޓަރ މުއްޠަލިބު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް