މުޅިން އަލަށް 4 ބޭފުޅަކަށް ވަޒީރުކަން ދެއްވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާ، ވަޒީރުންގެ މަޖިލީހަށް މިއަދު ގެންނެވި ބަދަލާއި އެކު މުޅިން އަލަށް 4 ބޭފުޅަކަށް ވަޒީރުކަން ދެއްވައިފިއެވެ.
މިގޮތުން ރައީސުލްޖުމްހޫރިއްޔާ، ޑރ މުޙައްމަދު މުޢިއްޒުގެ ވަޒީރުންގެ މަޖިލީހުގައި ހިމަނުއްވާފައި ވަނީ، ތިން އަންހެންބޭފުޅަކާއި ފިރިހެން އެއްބޭފުޅެކެވެ.
އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ފޮރިން މިނިސްޓަރަކަށް ޢައްޔަނު ކުރެއްވި، އިރުތިޝާމް އާދަމް އާއި، ހެލްތު، ފެމިލީ އެންޑް ވެލްފެއަރ މިނިސްޓަރަކަށް ޢައްޔަނުކުރެއްވި، ޤީލާ ޢަލީ އާއި، އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރަކަށް ޢައްޔަނުކުރެއްވި، ހީނާ ވަލީދުގެ އިތުރުން، ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ މިނިސްޓަރުގެ މަޤާމަށް ހަމަޖެއްސެވި، ޢަލީ ޝަރީފްއެވެ.
މީގެ ތެރެއިން އިރުތިޝާމް ފިޔަވައި އަނެއް ތިން ބޭފުޅުންނަކީ، މުޅިން އަލަށް މިނިސްޓަރ ކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވި ބޭފުޅުންނެވެ. އިރުތިޝާމް ވަނީ މީގެ ކުރިން، ރައީސް ޔާމީންގެ ދައުރުގައި މިނިސްޓަރކަން ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް