Post banner
ވިކުރާ

ބޮލުގައި އިސްތައްޓެއް ނެތް މީހަކު ތެޔޮފުޅިތަކެއް ވަގަށް ނަގައިގެން އޭނާ ހޯދައިދޭން އެދިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބޮލުގައި އިސްތައްޓެއް ނެތް މީހަކު ތެޔޮފުޅިތަކެއް ވަގަށް ނަގައިގެން އޭނާ ހޯދައިދޭން އެދިއްޖެ

ފިހާރައިގެ ސީސީޓީޥީ ސްކްރީން ޝޮޓެއް ---

ބޮލުގައި އިސްތައްޓެއް ނެތް މީހަކު، މާލޭގެ ފިހާރަޔަކުން ބޮލުގައިލާ ތެޔޮފުޅިތަކެއް ވަގަށް ނަގާފައިވާތީ، އޭނާ ހޯދުމަށް އެފިހާރައިން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

އެމީހާ ވައްކަންކޮށްފައި ވަނީ، ހުކުރު ދުވަހު ހެނދުނު، މާލޭގައި ހުންނަ އެގްރޯ މާޓް ފިހާރައިންނެވެ. އެފިހާރައިން ކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ، އެމީހާ އެފިހާރައިން ވަގަށް ނަގާފައި ވަނީ، 4 ފުޅި ހެއާ އޮއިލްކަމަށެވެ.

އެމައްސަލަ ފުލުހުންނަށް ހުށައަޅާފައިވާކަން ނުވަތަ ނޫންކަން އެ ފިހާރައިން ހާމަކޮށްފައެއް ނުވެއެވެ.

މާލޭގެ ފިހާރަތަކުން ވައްކަން ކުރުމުގެ މައްސަލައަކީ، ފިހާރަތަކުގެ ވެރިންނަށް ވަރަށް ބޮޑުވެފައި އޮތް މައްސަލައެކެވެ. އަދި ވައްކަމުގެ މައްސަލަތައް ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯޓް ކުރިނަމަވެސް އެކަށީގެންވާ ފިޔަވަޅެއް ނޭޅޭތީ އެކަމުގެ ކަންބޮޑުވުންވެސް ވިޔަފާރިވެރިން ފާޅުކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް