އެފްއޭއެމް އެޓޯލް ޗެންޕިއަންޝިޕްގެ ރ އަތޮޅު ފައިނަލް މިއަދު
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެފްއޭއެމް އެޓޯލް ޗެންޕިއަންޝިޕްގެ ރ އަތޮޅު ފައިނަލްގައި ރ އަތޮޅުގެ މަޝްހޫރު އެލްކުލޭސިކޯ މިއަދު 16:30 ގައި އިނގުރައިދޫ ފުޓްސަލް ދަނޑުގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މުޅިން އަލަށް އެފްއޭއެމުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ފެށި މިމުބާރާތުގައި ރ އަތޮޅުން ބައިވެރިވެފައި ވަނީ 2 ޓީމް ކަމަށް ވުމުން ރ އަތޮޅުގައި ކުޅެވޭނީ ފައިނަލް މެޗް އެކަންޏެވެ. އަތޮޅު ޗެންޕިއަނުން އަދި ރަނަރއަޕް އަށް ވެސް ޒޯން ބުރަށް ދިއުމަށް ފުރުސަތު ލިބޭ ގޮތަށް ކުރިޔަށް ދާއިރު ޒޯން ބުރަށް މިދެޓީމް މިހާރު ވެސް މިވަނީ ކޮލިފައި ވެފައެވެ.
ރާއްޖޭގައި ނަންވިދާ ޢަލީ ޙާފިޒް މުޙައްމަދު އިސާމް އަދި މިނޫނަސް މަޝްހޫރު އެތައް ކުޅުންތެރިންނާއި ޒުވާން ހުނަރުވެރި ކުޅުންތެރިންނާއި އެކީ ދެޓީމުން ވެސް ވަރަށް ބޮޑަށް މިމެޗަށް މިވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ދުވާފަރުގެ މަޝްހޫރު އިސްމާއިލް އީސާ (މެސީ) އަދި އިނގުރައިދޫގެ ތަޖުރިބާކާރު އަޚްލާޤީ ގޮތުން ރަނގަޅު ކުޅުންތެރިޔާ ޢަލީ ޝާފިޢު ވެސް ސްކޮޑުގައި ހިމެނެއެވެ.

2016 އިން ފެށިގެން ގޯލްޑަން ފުޓްސަލް މުބާރާތުގެ އަތޮޅު 8 ފައިނަލް ކުޅެ،ކޮންމެ ޓީމެއް ވެސް 4 އަތޮޅު ފައިނަލް ކާމިޔާބުކުރިއެވެ. އިނގުރައިދޫ ޓީމުގެ ކޯޗަކީ ޢަބްދުﷲ ނަސީރު (އަބޯ) ހޯކްސް ޓީމާއި އެކު އެންމެ ފަހުގެ ސެކްޓަރ ލީގް ނަގާފައިވާ ކޯޗެކެވެ.
ރ އަތޮޅުގައި ކުރިއަށް ދިޔަ އަރުތަ ފުޓްސަލް މުބާރާތުގެ 4 ފައިނަލް ކުޅެ،ދުވާފަރުން ޖެހިޖެހިގެން 3 ފަހަރު އަދި އިނގުރައިދޫއިން 1 ފަހަރު މުބާރާތް ކާމިޔާބުކުރިއެވެ. ރާއްޖޭގެ ތާރީޚުގައި އެންމެ ދިގު ފުޓްސަލް މެޗެއް ކުޅެވުނީ ވެސް މި ދެޓީމުގެ މެދުގައެވެ. ދުވާފަރު ޓީމުގެ ކޯޗަކީ ދުވާފަރުގެ ދަންޑެހެލު ސްޕޯޓްސް އެކަޑަމީގެ 12 އަހަރުން ދަށުގެ ޓީމާއި އެކު ސްރީލަންކާ އަދި ތައިލެންޑްގައި ކުޅެވުނު 3 މުބާރާތެއްގެ ފައިނަލް ކުޅެ. މިއަހަރު ސްރީލަންކާގައި ކުޅެވުނު މުބާރާތުގެ ޗެންޕިއަންކަން ނެގި ޓީމުގެ ހެޑްކޯޗެވެ.
ސަޕޯޓަރުންނަށް ބަލާލާއިރު ދެޓީމުގެ ސަޕޯޓަރުންނާއި، މެޗް ހޯސްޓްކުރާ އިނގުރައިދޫއިން ވެސް ވަރަށް ބޮޑަށް މިވަނީ ތައްޔާރުވެފައެވެ. މިމެޗަކީ ރ އަތޮޅުގެ ފުޓްސަލްގެ ތާރީޚުގައި ވެސް އެންމެ ވާދަވެރި،އެންމެ ފޯރިގަދަ އަދި އެންމެ ގިނަ މީހުން ބަލާނެ މެޗަށް ވެގެންދާނެއެވެ.
އަތޮޅުގެ އެންމެ ގިނަ ފައިނަލް ކުޅެ،ބޮޑު ވާދަވެރިކަމަކާއި އެކު، އެންމެ ގިނަ ބަޔަކު ފުޓްސަލްގެ ބަހުސްތައް ފޯރީގައި ކުރަމުން ދަނީ މިދެޓީމާއި ދޭތެރެގައެވެ.
ފާއިތުވެ ދިޔަ 10 އަހަރު ވެސް މުޅި ރ އަތޮޅުގެ ފުޓްސަލްގެ ހުރިހާ ކާމިޔާބީއެއް ހޯދާފައިވާ މިދެޓީމަކީ ވިދުން ގަދަ ތަރިން ގިނަ ދެޓީމް ކަމަށް ވުމުން،މި މެޗަކީ މުޅި ރާއްޖެ ވެސް އެމެޗަކަށް އިންތިޒާރު ކުރާނެ މެޗެއް ކަމަށް ޤަބޫލުކުރެވެއެވެ. އިނގުރައިދޫއަށް އަތޮޅުގެ ގިނަ ބަޔަކު މިއަދުގެ މެޗު ބެލުމަށް ދާނެ ކަމަށް ބެލެވޭއިރު،ސަޕޯޓަރުން ރަށަށް އެތެރެވުމަށް 14:00 އާއި 15:30 އާއި ދެމެދު ޚާއްސަކުރެވިފައިވާ ކަމަށާއި ހުރިހާ ފަރާތްތަކަކުން ވެސް އަހްލާޤީ މިންގަނޑުތަކުގައި ހިފެއްޓުމާއި، ކައުންސިލްގެ އެނގުންތަކަށް ބޯލެނބުމަށް އިނގުރައިދޫ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރުލިޔުނީ: ޙަސަން ސާތިޢު - ރަށުރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް