Post banner
ރާއްޖެ

ކަރަންޓްގެ ކުޑަބިލަށްފަހު އިންތިހާއަށް ބޮޑު ބިލެއް. ޝަކުވާ ބޮޑުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކަރަންޓްގެ ކުޑަބިލަށްފަހު އިންތިހާއަށް ބޮޑު ބިލެއް. ޝަކުވާ ބޮޑުވެއްޖެ

ހއ. ތަކަންދޫ ފެނަކަ އިންޖީނުގެ -- ފޮޓޯ: ފެނކަަ

ރޯދަމަހުގެ ކަރަންޓް ބިލް ރައީސުލްޖުމްހޫރިއްޔާގެ ހެޔޮއެދުންތަކާއި އެކު، 400ރ އަށް ކުޑަކޮށްދިނުމަށްފަހުގައި، މިމަހު ލިބުނު ކަރަންޓް ބިލްތަކުގެ ޖުމުލަ ދެގުނަ ބޮޑުކަމުގައި ބުނެ އާއްމުންގެ ޝަކުވާތައް ބޮޑުވެއްޖެއެވެ.

އަތޮޅުތަކުގައި ކަރަންޓްގެ ޚިދުމަތް ދެމުން އަންނަ ފެނަކަ ކުންފުނިން، މިހާރު ގޭބިސީތަކަށް ކަރަންޓް ބިލްތައް ފޮނުވަމުން އަންނައިރު، ބިލްތައް ސޯޝަލް މީޑިއާގައި ޙިއްޞާކޮށް އާއްމުކޮށް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ބައެއް ރަށްރަށުގައި ފެނަކަ އޮފީސްތަކުގެ ކުރިމަތީގައި މުޒާހަރާކުރާނެ ކަންވެސް ވަނީ އިޢުލާނުކޮށްފައެވެ.

ސޯޝަލް މީޑިއާގައި ކަރަންޓް ބިލްތައް ޙިއްޞާކުރި ބައެއް މީހުންވަނީ، 1200ރ އެރި ކަރަންޓް ބިލް 400ރ އަށް ކުޑަކޮށްދިނުމަށްފަހު، ޖެހިގެން މިއައި މަހު 3000ރ އަށްވުރެ ބޮޑު ކަރަންޓް ބިލެއް ފޮނުވާފައިވާ ކަމަށް ބުނެފައެވެ. އަދި ބައެއް މީހުންވަނީ، މިމަހު ލިބުނު ކަރަންޓް ބިލަކީ، ޑިސްކައުންޓްދިން ކަރަންޓް ބިލުގެ އަސްލު އަދަދަށް ވުރެ ދެގުނަ ބޮޑުވެފައިވާ ބިލެއް ކަމުގައި ބުނެވެސް ޝަކުވާކޮށްފައެވެ.

Uploaded image

މާރިިޗު، އޭޕްރީލް، އަދި މެއި މަހަކީ، ރާއްޖެއަށް އެންމެ ހޫނު ދުވަސްތަކަށް ވާނެތީ، ކަރަންޓް ބޭނުންކުރުމުގައި ސަމާލުވުމަށް ރޯދަމަހުންފެށިގެން ފެނަކަ ކުންފުނިންނާއި ސްޓެލްކޯއިން އައީ އިލްތިމާސްކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް