ހަނިމާދޫ ބަނދަރުގައި އޮތް ލޯންޗެއްގައި ރޯވެ ދެމީހަކަށް އަނިޔާވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަލިފާނުގެ ހާދިސާ ހިނގި ލޯންޗު -- ފޮޓޯ: ރައްޔިތުންގެ ނޫސް
ހދ. ހަނިމާދޫ ބަނދަރުގައި އޮތް "ގަހާތަރި" ނަމަަކަށް ކިޔާ ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.
މިހާދިސާގައި އަނިޔާވެފައި ވަނީ، އެލޯންޗުގެ ކެޕްޓަނަށާއި ފަޅުވެރިއަކަށެވެ.
މިހާދިސާގައި އަނިޔާވި ލޯންޗުގެ ފަޅުވެރިޔާއަށް، ހަނިމާދޫ ޞިއްޙީމަރުކަޒުގައި ފަރުވާ ދިނުމަށްފަހު، މިހާރު ވަނީ، ދޫކޮށްލާފައެވެ. އަދި ލޯންޗު ކެޕްޓަނަށް އިތުރުފަރުވާ ދިނުމަށްޓަކައި މިހާރުވަނީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަކަށް ގެންގޮސްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ދަތުރަށް ފުރުމަށްޓަކައި ލޯންޗުގެ އިންޖީނު ސްޓާޓްކުރި ވަގުތު އިންޖީނުގައި އަލިފާން ރޯވެގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ.
އަލިފާނުގެ މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ، ރޭގެ ދަންވަރު، 00:15 ހާއިރުގައި ކަމަށާއި. އަލިފާން ކޮންޓްރޯލް ކުރެވުނީ، 00:45 ހާއިރުގައި ކަމުގައި އެމްްއެންޑީއެފުން ވިދާޅުވިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހާދިސާ ތަޙްޤީޤު ކުރަމުން ގެންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް