އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕްގެ ބ އަތޮޅު ބުރުފައިނަލަށް ތުޅާދޫއާ އޭދަފުށީ ހިނގައްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ތުޅާދޫ އާއި ގޮއިދޫގެ މެޗުގެ ތެރެއިން ---
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕްގެ ބ އަތޮޅު ބުރުފައިނަލަށް ތުޅާދޫއާ އޭދަފުށީ ހިނގައްޖެއެވެ.
މިމުބާރާތުގެ ފައިނަލަށް ތުޅާދޫ ދަތުރުކުރީ، ސެމީ ފައިނަލްގައި ގޮއިދޫ ޓީމާއި ވާދަކޮށް 3 - 2 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތުޅާދޫ ޓީމުގެ ޖަރޒީ ނަމްބަރު ޢާދިލް ޢަބްދުއްރަޙްމާނެވެ.
މިމުބާރާތު ފައިނަލަށް އޭދަފުށި ދަތުރުކުރީ، ސެމީ ފައިނަލުގައި ދޮންފަނާއި ދެކޮޅަށް ކުޅުނު މެޗު 3- 1 އިން ކާމިޔާބުކޮށްގެންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ، އޭދަފުށީ ޓީމުގެ އިބްރާހިމް އިޝާންއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް