ވައިނުސާފު ވުމުގެ މައްސަލައަށް ހައްލެއް ލިބޭތޯ މަސައްކަތް ކުރާކަމުގައި ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މާލެ ސަރަހައްދު -- ފޮޓޯ ރައްޔިތުންގެ ނޫސް
ރާއްޖެއަށް ކުރިމަތިވެފައިވާ ވައި ނުސާފުވުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ބޭރުގެ ފަރާތްތަކާއި އެކުގައި މަސައްކަތް ކުރަމުންދާކަމުގައި ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ ވައި ނުސާފުވުމުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކަށް ދިވެހި ސަރުކާރުން އަންނަނީ ހާއްސަ އިސްކަމެއް ދެމުން ކަމަށެވެ. އެހެންވެ ރާއްޖޭގެ ވައިގެ ފެންވަރު ރަނގަޅުކުރުމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ބޭރު ޤައުމުތަކާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމުގައިވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ. މިގޮތުން ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ސައިންޓިފިކް ދިރާސާތައް ކުރުމާއި މައުލޫމާތު ބަދަލުކުރުން އަދި ސަރަހައްދީ ގައުމުތަކާއެކު މަޝްވަރާކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ހިމެނޭ ކަމުގައިވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.
އެމިނިސްޓްރީން ވިދާޅުވީ، މި ދުވަސްވަރު ރާއްޖެއަށް ކުރިމަތިވެފައިވާ ދުންފުހުގެ ހާލަތަކީ މުޅި ދެކުނު އޭޝިއާ ސަރަހައްދަށް ކުރިމަތިވެފައިވާ މައްސަލައެއް ކަމަށާއި، އަދި ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވުމުގެ ސަބަބުން އާއްމުންގެ ދިރިއުޅުމަށާއި އިޤްތިޞާދީ އަދި ސިއްޙީގޮތުންވެސް ނޭދެވޭ އަސަރުތަކެއްކުރުން އެކަށީގެންވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް