Post banner
ރާއްޖެ •

އިސްލާމީ ޤައުމުތަކުގެ އެންޓިކޮރަޕްޝަން މުއާހަދާގައި ރާއްޖެއިން ބައިވެރިވާން ރުހުން ދީފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިސްލާމީ ޤައުމުތަކުގެ އެންޓިކޮރަޕްޝަން މުއާހަދާގައި ރާއްޖެއިން ބައިވެރިވާން ރުހުން ދީފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް --

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯައިސީ)ގެ ގައުމުތައް ބައިވެރިވާ އެންޓި ކޮރަޕްޝަން މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީ ފާސްކޮށްފިއެވެ.

މި މުއާހަދާއަކީ، "މައްކަތުލް މުކައްރަމާ ކޮންވެންޝަން އޮން އެންޓިކޮރަޕްޝަން ލޯއެންފޯސްމެންޓް ކޯޕަރޭޝަން" ގެ ނަމުގައި އެކުލަވާލާފައިވާ މުއާހަދާއެކެވެ. މިއީ 2022 ވަނަ އަހަރު ޖިއްދާގައި ބޭއްވި އިސްލާމީ ޤައުމުތަކުގެ ފޮރިންގ މިނިސްޓަރުންގެ ބައްދަލުވުމުގައި އެކުލަވާލި މުއާހަދާއެކެވެ.

މި މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށައަޅުއްވާފައިވާތީ، އެކަމަށް ވޯޓަށް އަހަާފައި ވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. މި މުޢާހަދާގައި ރާއްޖެއިން ބައިވެރިވާން ފެނޭތޯ ނެގި ވޯޓުގައި، އެ މުއާހަދާގައި ބައިވެރިވުމަށް މަޖިލީހުން ފާސްކުރީ މެމްބަރުންގެ އިއްތިފާޤުންނެވެ. މިގޮތުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންވެސް ވޯޓު ދެއްވީ އެމުއާހަދާގައި ރާއްޖެއިން ބައިވެރިވާން ފެންނަ ކަމަށެވެ.

މިހާތަނަށް މި މުޢާހަދާގައި، އިސްލާމީ ޤައުމުތަކުގެ ތެރެއިން 21 ޤައުމަކުން މިހާރުވަނީ ސޮއިކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް