ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުން -- ފޮޓޯ: ރައްޔިތުންގެ ނޫސް
މިހިނގާ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައިފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މެދުރާއްޖެ ތެރެއާއި އުތުރުގެ އަތޮޅުތަކަށް ވިއްސާރަ ގޯސްވާނެ ކަމަށް ލަފާކޮށް މިއަދުގެ ހެނދުނު 7:15އިން މެންދުރު ފަހު، 13:00އަށް ހުދު ސަމާލުވެސް ނެރެފައެވެ. މިގޮތުން ހުދު ސަމާލު ނެރެފައި ވަނީ، ދ އަތޮޅުންފެށިގެން އުތުރުގެ އަތޮޅުތަކަށެވެ.
ބޯކޮށް ވާރޭ ވެހުނު ނަމަވެސް ވައި މަޑުވެފައި ކަނޑުތައް މަޑުވާނެ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ސެޓަލައިޓްފޮޓޯތަކުން ދައްކާގޮތުގައި، މިއަދު ރާއްޖެއަށް މޫސުމް ގޯސްވެފައި ވަނީ ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ބޯ ވިއްސާރަ ވިލާތައް ރާއްޖޭގެ ސަރަހައްދަށް އެރުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް