ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ ބައިވެރިން ދަސްވެނިވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ ބައިވެރިން --- ފޮޓޯ: އެމްއެންޑީއެފް
ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗުގެ އަސާސީ ތަމްރީނުތައް ފުރިހަމަކޮށް، މިއަދު ދަސްވެނިވެއްޖެއެވެ.
ދަސްވެނިވި ދަރިވަރުންގެ ތެރޭގައި، ދިވެހިރާއްޖޭގެ 112 ރަށަކަށް ނިސްބަތްވާ، 343 ދަރިވަރުން ހިމެނެއެވެ. މި ދަސްވެނީންގެ ތެރޭގައި، 18 އަހަރުން ދަށުގެ 113 ދަރިވަރުން ހިމެނޭކަމާއި، ދަސްވެނީންގެ ތެރޭގައި 63 އަންހެން ކުދިންނާއި، 280 ފިރިހެން ކުދިން ހިމެނެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ދެވަނަ ބުރުގެ ތަމްރީނުތައް ފެށީ މިއަހަރުގެ ޖަނަވަރީ މަހުއެވެ.
ތިން މަސްދުވަހަށް ކުރިއަށް ގެންދިޔަ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ކުރިއަށް ގެންގޮސްފައި ވަނީ ޅ. މާފިލާފުށީގައެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުތަކަކީ، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، ލީޑަރޝިޕާއި، ފަސްޓްއެއިޑާއި، ފަޔަރފައިޓިންގ އާއި، ހަށިހެޔޮކަމާއި، ފެތުމާއި މޫދަށް އަހުލުވެރި ކުރުވުމާއި، މައިދާނީ ހަރަކާތްތަކުގެ އިތުރުން ޝައުޤުވެރި އަދި ބޭނުންތެރި ތަފާތު އެހެނިހެން އެތައް ޙަރަކާތްތަކެއް އެކުލެވޭގޮތަށް ކުރިއަށް ގެންދާ ތަމްރީނެކެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ދަރިވަރުން ދަސްވެނިވީ ޑިސެމްބަރު 2025ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް