Post banner
ރާއްޖެ

ކުންފުނިތަކުގެ ވަޒީފާތަކުން 6000 ވުރެ ގިނަ މުވައްޒަފުން ވަކިކުރާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކުންފުނިތަކުގެ ވަޒީފާތަކުން 6000 ވުރެ ގިނަ މުވައްޒަފުން ވަކިކުރާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --- ފޮޓޯ: ރައީސް އޮފީސް

ކުންފުނިތައް ރައިޓް ސައިޒް ކުރުމަށް ކުރަމުންގެންދާ މަސައްކަތް ނިމޭއިރު، 6000 ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކުރެވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، 7 ބިލެއް ތަސްދީޤު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހުގައި މީޑިއާ އާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ކުންފުނިތައް ރައިޓް ސައިޒްކުރުމުގެ ތެރެއިން މިހާރު މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާއިރު، އެމަސައްކަތް ނިމޭއިރު، ޖުމުލަ ހަހާހަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާތަކުން ވަކިކުރެވިގެންދާނެ ކަމަށެވެ. މިގޮތުން، މިސަރުކާރުގައި ކުންފުނިތަކުގެ ވަޒީފާތަކަށް ވެއްދި އަދަދަށް ވުރެ އިތުރު މީހުން ވަޒީފާއިން ވަކިކުރާނެ ކަމަށާއި، އަދި މިސަރުކާރު ފެށުނު އިރު، ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދަށްވުރެ އަދަދު މަދުވެގެންދާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ދަނީ ފެނަކައިންނެވެ. ފެނަކައިގެ ވަޒީފާތަކުން މީހުން ވަކިކުރި މައްސަލަ އާއި ގުޅިގެން މިހާރުވެސް ށ. ފޯކައިދޫގައި އަންނަނީ މުޒާހަރާކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް