އިންޑޮނީޝިއާއަށް ބާރުގަދަ ބިން ހެލުމެއް އަތުވެއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ބިންހެލުމުގައި ގެއެއް ވެއްޓިފައި -- ފޮޓޯ: އޭޕީ
އިންޑޮނީޝިއާއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ޔޫއެސްޖިއޮލޮޖިކަލް ސަރވޭ އިން ހާމަކުަރައްވާފައިވާ ގޮތުގައި މި ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 7.7ގެ ބާރު މިނުގައެވެ. މި ބިންހެލުން އައިސްފައި ވަނީ، އިންޑޮނީޝިއާގެ އިރު ދެކުނުގައި އެޤައުމުގެ ބޯޑަރު ސަރަހައްދު ނިމޭ ހިސާބުގައި އޮންނަ ފްލޯރެސް ނަމަކަށް ކިޔާ ރަށް ހިމެނޭ ސަރަހައްދަށެވެ. ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް އެ އިންޒާރު މިހާރު ވަނީ އުވާލާފައެވެ،
ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިންވެސް ވިދާޅުވީ، އެބިން ހެލުމުގެ ސަބަބުން އިންޑިއާ ކަނޑުގެ ޤައުމުތަކަށް ނުރައްކަލެއް ނެތް ކަމަށެވެ.
މިއީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އައި ބިންހެލުމަށް ފަހު އިންޑޮނީޝިއާ އަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. ރިކްޓަރ މިންގަނޑުން 9.3ގެ ބާރު މިނުގައި 2004 ވަނަ އަހަރު އައި ބިން ހެލުމުގައި، ދުނިޔޭގެ 11 އަށް ވުރެ ގިނަ ޤައުމުން ޖުމުލަ ދެލައްކަ ހަތާވީސް ހާހަށްވުރެ ގިނަ މީހުން މަރުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް