ރާއްޖެ

މޮރޮޝަސްއިން ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މޮރޮޝަސްއިން ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލައިފި

މޮރިޝަސްގެ ބޮޑު ވަޒީރު --- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއާ މޮރިޝަސް އާއި ދެމެދު އޮތް ސިޔާސީ ގުޅުންތައް މިއަދުން ފެށިގެން ކަނޑާލުމަށް ނިންމައިފިއެވެ.

ރާއްޖެއާ އެކު އޮތް ސިޔާސީ ގުޅުންތައް ކަނޑާލުމަށް މޮރިޝަސްގެ ސަރުކާރުން ނިންމާފައި ވަނީ، ދިވެހިރާއްޖެއިން ފޯޅަވަހީގެ ސިޔާސަދަތީ ބާރު މޮރިޝަސްއަށްދޭން ދެކޮޅު ހަދާކަން ހާމަކުރުމާއި ގުޅިގެންނެވެ.

މޮރިޝަސްއަށް ފޯޅަވަހީގެ ސިޔާދަތީ ބާރު އޮންނަން ޖެހޭކަމަށް ދިވެހިރާއްޖެއިން ކުރިން ނިންމާފައި އޮތް ނިމުން މިސަރުކާރުން ވަނީ ބަދަލުކޮށްފައެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުވެސް މިސަރުކާރުން ވަނީ އަނބުރާ ގެނައިކަން އިއުލާނުކޮށްފައެވެ. މީގެ އިތުރުން މިސަރުކާރުން ވަނީ އިނގިރޭސި ވިލާތުން ފޯޅަވަހީގެ ސިޔާސަދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް ނިންމި ނިންމުމާއިވެސް ދެކޮޅު ހަދާފައެވެ.

މޮރިޝަސްއަށް ފޯޅަވަހީގެ ސިޔާދަތީ ބާރު ލިބިގެންވާކަަމަށް އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އައިސީޖޭއިން ވަނީ ކަނޑައަޅާފައެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އިން ވަނީ އައިސީޖޭގެ ނިންމުމާއި ގުޅިގެން ފުށުއަރާ ކަނޑުގެ ސަރަހައްދު ބަހާފައެވެ. އެހެން ނަމަވެސް އެ ނިންމުންތައް ޤަބޫލުނުކުރައްވާނެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޢިއުލާނު ކުރައްވާފައެވެ.

ތާރީޚީ އަދި ޖޯގްރަފީ ހެކިތަކަށް ބުރަވާއިރުމ 17 ވަނަ ޤަރުނުގައި ފަރަންސޭސީންނާއި އިންގިރޭސީން ފޯޅަވަހީގެ ރަށްތަކަށް ވެރިވެގަނެ އެތަންތަނުގައި ވިޔަފާރީގެ ބޭނުމަށް އަޅުން ބޭތިއްބުމުގެ ކުރިން، ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ބައެއްކަން ފެންނާން ހުރި ލިޔެކިޔުންތަކުންވެސް އެނގެއެވެ. އެހެން ނަމަވެސް 1965ވަނަ އަހަރު އިނގިރޭސި އިސްތިޢުމާރުގެ ދަށުން ދިވެހިރާއްޖެ މިނިވަންވި އިރު، ފޯޅަވަހީގެ އަތޮޅުތަކާއި، ރާއްޖޭގެ އެންމެ އުތުރުން އޮތް މަލިކު ހޯދުމަށް ދިވެހިދައުލަތުން މަސައްކަތް ކޮށްފައިވާކަން އެނގޭކަށް ނެތެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް