ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނާއި ރައީސް މުއިއްޒު ބައްދަލު ކުރެއްވުން މިރޭ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ

ރައީސުލްޖުމްހޫރިއްޔާ މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުކުރެއްވުމެއްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި އެކު ބާއްވާ ބައްދަލުވުން މިރޭ އޮންނާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި މިބައްދަލުކުރެއްވުމަކީވެސް، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ބާއްވަވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރޭގައި ހިމެނޭ ބައްދަލުވުމެކެވެ.
ހުޅުމާލޭ ފޭސް 2 ގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރެއްވުން އޮންނާނީ މިރޭގެ 20:30ގައި ޞަލާޙުއްދީން ސްކޫލުގައެވެ. މިސިލް ސިލާގެ ތެރެއިން ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގެ ރައްޔިތުން ފިޔަވައި މާލޭގެ އެހެން އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ބައްދަލު ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މާލޭގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ފެއްޓެވި މިސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އެންމެ ފުރަތަމަ ބައްދަލުވުން ބާއްވަވާފައި ވަނީ، ވިލިމާލޭގެ ރައްޔިތުންނާއި އެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް