Post banner
ރާއްޖެ

ފަހި ދިރިއުޅުން ފްލެޓްތަކުގެ ކުއްޔާއި އެޑްވާންސް ޕޭމެންޓް ކުޑަކޮށްދެއްވުމަށް ނިންމަވައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފަހި ދިރިއުޅުން ފްލެޓްތަކުގެ ކުއްޔާއި އެޑްވާންސް ޕޭމެންޓް ކުޑަކޮށްދެއްވުމަށް ނިންމަވައިފި

ހުޅުމާލެ ފޭސް 2ގައި އަޅާފައިވާ ފަހިދިރިއުޅުމުގެ ފްލެޓް އިމާރާތްތައް ---

ފަހިދިރިއުޅުން ކޯޕަރޭޝަނު މެދުވެރިކޮށް ސޯޝަލް ހައުސިންގ ސްކީމުގެ ތެރެއިން ސަރުކާރުން ދޫކުރާ ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމެންޓް ކުޑަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައިވާކަން އިޢުލާނުކުރައްވާފައި ވަނީ، ރޭ ހުޅުމާލެ ފޭސް2 ގައި ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފްލެޓްތަކުގެ އެޑްވާންސްޕޭމެންޓާއި، އަދި ކުއްޔަށް ލުއި ދިނުމާއި ގުޅޭ ގޮތުން އެފްޑީސީ އާއިއެކު މަޝަވްރާކުރައްވާފައިވާ ކަމަށެވެ. މިގޮތުން، މެއިންޓަންސްއާއި ކުލި ހިމެނޭހެން 3 ކޮޓަރީގެ ފްލެޓަކުން މަހުން މަހަށް މިހާރު ދައްކަން އޮތް 10500 ރުފިޔާ، 10000 ރުފިޔާއަށް ކުޑަކޮށްދެއްވާ، އެޑްވާންސްޑް ޕޭމަންޓްގެ ގޮތުގައި ދައްކަން އޮތް 25000 ރުފިޔާ، 8000 ރުފިޔާއަށް ކުޑަކުރެވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި އަދި 2 ކޮޓަރީގެ ފްލެޓްތަކުގެ ކުއްޔަށް ދައްކަންޖެހޭ އަގުން 1000 ރުފިޔާ އުނިކުރެވި މަހުން މަހަށް ދައްކަންޖެހޭ ފައިސާގެ މިންވަރު 7،000 ރުފިޔާއިން 6،000 ރުފިޔާއަށް ކުޑަކުރެވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 2 ކޮޓަރީގެ ފްލެޓްތަކުގެ އެޑްވާންސްގެ ގޮތުގައި ދައްކަން ޖެހޭނީ އެއްމަސްދުވަހުގެ ކުއްޔަށްވާ ފައިސާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް