ރާއްޖެ

ރަސްމީ ދުވަސްތަކުގެ އަދަދު 4އަށް މަދުކުރަން ގިނަ މީހުން ތާއީދު ކުރޭ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރަސްމީ ދުވަސްތަކުގެ އަދަދު 4އަށް މަދުކުރަން ގިނަ މީހުން ތާއީދު ކުރޭ

ސަރުކާރުގެ ރަސްމީ ދުވަސްތަކުގެ އަދަދު މަދުކުރަން ފެންނަ ކަމަށް ގިނަ ބަޔަކު ބުނެފިއެވެ.

މާއްދާ4 ޕްލެޓްފޯމުގައި، ސަރުކާރުގެ ރަސްމީ ދުވަސްތަކުގެ އަދަދު، 4އަށް މަދުކުރަން ފެނޭތޯ އާއްމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުމުން، އެޕޯލަށް ވޯޓުދިން މީހުންގެ ތެރެއިން، %85 އިންސައްތަ މީހުން ބުނެފައި ވަނީ، ރަސްމީ ދުވަސްތަކުގެ އަދަދު މަދު ކުރަން ފެންނަ ކަމަށެވެ. އަދި ރަސްމީ ދުވަސްތަކުގެ އަދަދު މަދު ކުރަން ނުފެންނަ ކަމަށް ބުނެފައި ވަނީ، %15ން މީހުންނެވެ. ހަމައެކަނި ދިވެހިންނަށް، ވޯޓުލެވޭގޮތަށް، އަދި އޯޓީޕީ މެދުވެރިކޮށް އެކަކަށް އެއްވޯޓަށް ވުރެ ގިނަ ވޯޓު ނުލެވޭ މިޕޯލުގައި ޖުމުލަ 552 މީހުން ވޯޓު ލާފައި ވެއެވެ.

މިޕޯލަށް ކޮމެންޓް ކުރި ބައެއް ފަރާތްތަކުން ބުނެފައި ވަނީ، ރަސްމީ ދުވަހުގެ އަދަދު މަދު ކުރުމަށްވުރެ، ރަސްމީ ގަޑި ކުރުކުރުން މާބޮޑަށް ބޭނުންވާ ކަމަށެވެ.

މާއްދާ 4 ޕްލެޓްފޯމަކީ، އާއްމުން ރައްޔިތުންނާއި ގުޅުން ހުރި ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށާއި، ސިޔާސީ ލީޑަރުންނާއި، ސިޔާސީ ފަރާތްތަކާއި މެދު ރައްޔިތުން ދެކޭ ގޮތް ހާމަކުރެވޭ ގޮތަށް ހަމައެކަނި ދިވެހިންނަށް ޚާއްޞަކޮށްފައިވާ ޕްލެޓްފޯމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް