Post banner
ރާއްޖެ

ކުރީގެ އިލެކްޝަންސް ކޮމިޝަނަރު ރަޝާދު އަވަހާރަވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކުރީގެ އިލެކްޝަންސް ކޮމިޝަނަރު ރަޝާދު އަވަހާރަވެއްޖެ

މއ. އަލިތަރި، އިބްރާހީމް ރަޝާދު ---

ރައީސް މައުމޫނުގެ ދައުރުގައި އިލެކްޝަންސް ކޮމިޝަނަރުގެ މަޤާމު ފުރުއްވި، މއ. އަލިތަރި، އިބްރާހީމް ރަޝާދު އަވަހާރަވެއްޖެއެވެ.

އިބްރާހީމް ރަޝާދު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދު ހަވީރުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 78 އަހަރުފުޅެވެ.

އަލްމަރްޙޫމް އިބްރާހީމް ރަޝާދަކީ، 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ އަދި ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު ފުރުއްވާފައިވާ ބައެއް އިސް މަގާމުތަކުގެ ތެރޭގައި، ފާދިއްޕޮޅު އަތޮޅުވެރިކަމާއި، ކޮޅުމަޑުލު އަތޮޅުވެރިކަން ހިމެނެއެވެ. އަދި ކޮމިޝަނަރ އޮފް އިލެކްޝަންސް ކަމުގެ މަގާމު، 6 އަހަރަށްވުރެ ދިގު މުއްދަތެއްގައި ފުރުއްވާފައި ވެއެވެ. އޭގެފަހުން، މިނިސްޓަރ އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސް ކަމުގެ މަގާމުވެސް ފުރުއްވިއެވެ.

އަލްމަރްޙޫމް އިބްރާހީމް ރަޝާދު ޚިދުމަތް ފެށްޓެވީ، 26 ޖޫން 1961 ގައި ވުޒާރަތުއްތިޖާރާގެ ކާތިބުކަމުގެ މަގާމުންނެވެ. 4 ސެޕްޓެންބަރު 2008 ގައި އަލްމަރްޙޫމް އިބްރާހީމް ރަޝާދު ދައުލަތުގެ ޚިދުމަތުން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސް ކަމުގެ މަގާމުގައެވެ.

ރަޝާދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ރަޝާދުގެ އާޢިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް