ރާއްޖެ

މައްޔިތަކު އެމްބިއުލާންސް އެނދުން ވެއްޓުނުކަން ރިޕޯޓްކޮށްފައެއް ނެތް: ހަލީމް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މައްޔިތަކު އެމްބިއުލާންސް އެނދުން ވެއްޓުނުކަން ރިޕޯޓްކޮށްފައެއް ނެތް: ހަލީމް

އެމްބިއުލާންސެއް ސަހަރާގައި --- ފޮޓޯ: ރައްޔިތުންގެ ނޫސް

އެމްބިއުލާންސްއިން ބާލަން އުޅުމުގެ ތެރޭގައި މައްޔިތުން ވެއްޓުމުގެ ހާދިސާތައް ހިނގަމުން އަންނަ ކަމުގެ ކަންބޮޑުވުން ޖަމާޢަތްތެރިން ފާޅުކުރި ނަމަވެސް އެފަދަކަމެއް ހިނގާފައިވާކަން ހޮސްޕިޓަލަށް އަންގާފައި ނުވާކަމުގައި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.

ޙަލީމް މިހެން ވިދާޅުވީ، މައްޔިތުން އެމްބިއުލާންސް އިން ބާލަން އުޅުމުގެ ތެރޭގައި ވެއްޓުމުގެ 2 ހާދިސާއެއް މިމަހު ހިނގާފައިވާ ކަމުގައި ބުނެ ޖަމާޢަތްތެރިއަކު އެކަމުގެ ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެން، "ރައްޔިތުންގެ ނޫހުން" ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައްޒާޤު ވިދާޅުވީ، މައްޔިތުން އުފުލުމަށް ބޭނުންކުރަނީ، އާއްމުކޮށް ބަލި މީހުން އުފުލުމަށް ބޭނުން ކުރާ އެމްބިއުލާންސް ނޫން ކަމަށެވެ. އަދި މައްޔިތަކު ވެއްޓުމުގެ ހާދިސާއެއް ހޮސްޕިޓަލަށް ރިޕޯޓްކޮށްފައި ނުވާ ކަމުގައި ރައްޒާޤު ވިދާޅުވިއެވެ.

ރައްޒާޤު ވިދާޅުވީ، އެމްބިއުލާންސްގެ ސްޓެރެޗަރ ލޮކް ނުކުރެވޭ މައްސަލައެއް ތަންކޮޅެއް ކުރިން ދިމާވި ކަމަށާއި، އެހެން ނަމަވެސް އެކަން ރަނގަޅު ކޮށްފައިވާ ކަމަށެވެ.

ޖަމާޢަތްތެރިޔާ އަޙްމަދު މުނައްވަރު އޭނާގެ ފޭސްބުކް އެކައުންޓްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައި ވަނީ، އެމްބިޔުލާންސްއިން ބާލަންއުޅުމުގެ ތެރޭގައި މި މަހު ވެސް 2 މައްޔިތުން ވެއްޓުނު ކަމަށެވެ. އަދި ބަލިމީހުންނާއި މައްޔިތުން އުފުލަން އެމްބިޔުލާންސްގައި ބޭނުންކުރާ އެނދުތައް ރަނގަޅު ކުރުމަށް އޭނާ ގޮވާލާފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް