އީރާނުން ވަނީ އެމެރިކާގެ 4 ފައިޓާޖެޓު ވައްޓާލާފައި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އީރާނާއި ދެކޮޅަށް ހަމަލާ ދިނުމަށް އެމެރިކާއިން ބޭނުން ކުރި، ފައިޓާޖެޓުގެ 4 ބޯޓު އީރާނުން ވައްޓާލާފައިވާ ކަމަށް ބައިނަލްއަޤުވާމީ ރިޕޯޓްތައްވެސް ބުނެފިއެވެ.
އީރާނުން އެންމެ ފަހުން ހަމަލާދީ ވައްޓާލި ބޯޓު ވެއްޓުނީ، ހުޅަނގު އުތުރު އިންޑިއާ ކަނޑަށް ކަމުގައި އީރާނުން ބުނެފައިވެއެވެ.
ހަނގުރާމައަށް 3 ހަފްތާ ވީއިރު، އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުން އަންނަ ހަމަލާތައްވެސް ވަނީ މަދުވެފައެވެ. އަދި ހަމަލާދިނުމަށް ބޭނުން ކުރާ ފައިޓާ ޖެޓްތަކުގެ އަދަދުވެސް ވަނީ %70 މަދުވެފައި ކަމުގައި ރިޕޯޓްތައް ބުނެއެވެ. އީރާނުން އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތައް ވައްޓާލިކަން އެމެރިކާއިން ކަށަވަރުކޮށް ނުދިން ނަމަވެސް މިދިޔަ ހަފްތާގައި އީރާނުގެ ހަމަލާއެއް އެމެރިކާގެ ފައިޓާޖެޓަކަށް އަމާޒުވެ އިމާޖެންސީގައި އިޒްރޭލުގެ އެއާޕޯޓަކަށް ޖެއްސި ކަމުގައި އެމެރިކާއިން އެއްބަސްވެފައި ވެއެވެ. ރާޑަރުތަކަށް ނުފެނި ހަމަލާދެވޭ ގޮތަށް އުފައްދާފައިވާ އެބޯޓުތައް ލޮކޭޓްކޮށް އީރާނުން ހަމަލާދޭތީ އެމެރިކާއަށް ވަނީ ޝޮކެއް ލިބިފައެވެ. އަދި އެކަން އެމެރިކާގެ އަސްކަރިއްޔާއިން ތަޙްޤީޤު ކުރަމުން އަންނަ ކަމުގައިވެސް ހާމަކޮށްފައިވެއެވެ.
އީރާނުގެ ރައްދު ހަމަލާތައް ވަރުގަދަކޮށްފައި ވާއިރު، އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމްތަކަށް މިސައިލްތައް ދިފާޢުކުރުމަށް ނުކުޅެދި ލިބޭ ގެެއްލުންތައް އަންނަނީ އިތުރުވަމުންނެވެ. ބުދަ ދުވަހުގެ ރޭ އީރާނުން ދިން ހަމަލާއެއް އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑުގެ އިމާރާތަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް