Post banner
ރާއްޖެ

ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އެކައުންޓްތައް ފްރީޒްކޮށް އެކުންފުނީގެ އޮފީހަށް ފުލުހުން ވަދެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އެކައުންޓްތައް ފްރީޒްކޮށް އެކުންފުނީގެ އޮފީހަށް ފުލުހުން ވަދެއްޖެ

ފުލުހުންގެ އިދާރާ ---

ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން. ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް އެކައުންޓްތައް ފްރީޒްކޮށް އެކުންފުނީގެ އޮފީހަށް ފުލުހުން ވަދެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ބޭރު ފައިސާގެ ވިޔަފާރި ހިންގުމަށް ބޭނުންކުރާ ބޭންކު އެކައުންޓްތައް ފްރީޒްކުރުމަށްފަހު ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމަށްޓަކައި އެކުންފުނީގެ އޮފީސް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުން އަންނަ ކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެހެން ނަމަވެސް މި ނިމުނު ހަފްތާގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހޯމް މިނިސްޓަރ ޢަލީ އިހްސާން ވިދާޅުވެފައި ވަނީ، ޑޮލަރުގެ ކަޅުބާޒާރު ހުއްޓުވުމަށްޓަކައި، ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް