މިއީ، އެންމެ ގިނަ މީހުން ކައުންސިލް އިންތިޚާބުގައި ވޯޓުލި ފަހަރު
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުގެ ވޯޓުލުމުގެ ތެރެއިން --- ފޮޓޯ: އިލެކްޝަންސް ކޮމިޝަން
މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު ކައުންސިލް އިންތިޚާބެއްގައި އެންމެ ގިނަ މީހުން ވޯޓުލި ފަހަރު ކަމުގައި އިލެކްޝަސް ކޮމިޝަނުން ހާމަކުރި، ތަފާސް ހިސާބުން ހާމަވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މިއަދު ބޭއްވި އިންތިޚާބުތަކުގައި، ޖުމުލަ 214898 މީހުން ވޯޓުލާފައި ވާކަމަށާއި އެއީ، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 72.88 ޕަސެންޓް ކަމަށެވެ. މިއާ އެންމެ ގާތްކުރާ އަދަދަކަށް ކައުންސިލް އިންތިޚާބެއްގައި މީހުން ވޯޓުލާފައި ވަނީ އެންމެ ފުރަތަމަ 2011 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިޚާބުގައެވެ. އެއިންތިޚާބުގައި، ވޯޓުލާފައި ވަނީ، 72.11 އިންސައްތަ މީހުންނެވެ. އޭގެ ފަހުން 2014 ވަނަ އަަހަރު ވޯޓުލީ މީހުންގެ ނިސްބަތް ވަރަށް ދަށްވިއެވެ. 2017 ވަނަ އަހަރު 65.68 ޕަސެންޓް މީހުން ވޯޓުގައި ބައިވެރިވި އިރު 2020 ވަނަ އަހަރު ކައުންސިލް އިންތިޚާބުގައި ވޯޓުލާފައި ވަނީ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން 69.39 ޕަސެންޓް މީހުންނެވެ.
މިފަހަރުގެ ކައުންސިލް އިންތިޚާބުގައޮ ރެކޯޑް މިންވަރަކަށް މީހުން ވޯޓުލާން ނުކުތް އެންމެ މުހިއްމު ސަބަބަކީ، ކައުންސިލް އިންތިޚާބާއި އެކު ޢާއްމު ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުން ކަމުގައި ގިނަ ބަޔަކު އެއްބަސްވެއެވެ. ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބު ތަކުގައި ސަރުކާރަށް ވަނީ ވަރަށް ބޮޑު ނާކާމިޔާބަކާއި ކުރިމަތިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް