Post banner
ރާއްޖެ

ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ޞަލާޙް ރަޝީދު ވިދާޅުވީ، ވޯޓުލުން ނިންމުމަށް ހަމަޖައްސާފައި ވަނީ މިއަދު ހަވީރު 4:00ގައި ކަމަށެވެ. މި އިންތިޚާބިގައި ވޯޓުލުމަށް ބަހައްޓާފައި ވަނީ ޖުމުލަ 7 ފޮއްޓެވެ. އެއީ މާލޭ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ 2 ފޮއްޓާއި، އައްޑޫ ހިތަދޫގައި ބަހައްޓާފައިވާ 5 ފޮއްޓެވެ.

މިއިންތިޚާބުގައި ޖުމުލަ 4121 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައި ވާއިރު، ހެނދުނު 9:00 އާއި ހަމައަށް ވޯޓު ލާފައި ވަނީ 280 މީހުންނެވެ.

މި އިންތިޚާބުގައި ވާދަ ކުރަނީ، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓަކާއި، އިދިކޮޅު ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓެކެވެ. ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ)އެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ، އައްޑޫ ސިޓިގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ)އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ ކުރިން އެދާއިރާގެ މެމްބަރަކަށް ހުންނެވި، މުހައްމަދު ސިނާނުގެ މައްޗަށް ދަރަނީގެ މައްސަލައެއް ސާބިތުވެ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނިންމުމުންނެވެ. އެދާއިރާގެ ގޮނޑި ޝިނާން ކާމިޔާބު ކުރެއްވީ، އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސ ްކަމުގައި ހުންނެވި މުޙައްމަދު އަސްލަމް އާއި ވާދަކުރައްވައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް