Post banner
ދުނިޔެ

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މެލޭޝިއާ ބޮޑުވަޒީރުން ރާއްޖެއިން ފުރާވަޑައިގެންފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މެލޭޝިއާ ބޮޑުވަޒީރުން ރާއްޖެއިން ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް -- ފޮޓޯ: ރައީސް އޮފީސް

މެލޭޝިއާގެ ބޮޑުވަޒީރު، އޮނަރަބަލް އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ފުރާވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންނެވީ އިއްޔެ ހަވީރުގައެވެ.

މި ދަތުރުފުޅުގައި، ދެ ޤައުމުގެ ވެރިން ވަނީ ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި މަޝްވަރާތަކުގައި ވިޔަފާރިއާއި، ދިފާޢީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި، ފަތުރުވެރިކަމާއި، އިސްލާމްދީނާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ އިތުރުން، ބައިނަލްއަޤްވާމީ މުހިންމު މައްސަލަތަކުގައި ދެ ޤައުމުން ގެންގުޅޭ އެއްގޮތް ވިސްނުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ދަތުރުފުޅުގެ ތެރޭގައި، ދިފާޢީ އަދި އިސްލާމް ދީނާ ގުޅުންހުރި ކަންކަމާ ގުޅޭ ފަހުމުނާމާ ތަކެއްގައި ސޮއިކުރެއްވުމުގެ އިތުރުން، މެލޭޝިއާއާއި ދިވެހިރާއްޖެއާ ދެމެދު ޕްރެފަރެންޝަލް ޓްރޭޑް އެގްރީމެންޓަކާ ގުޅޭގޮތުން މަޝްވަރާތައް ފައްޓަވާނެ ކަމުގައި އިޢުލާނުކުރެއްވިއެވެ. މީގެއިތުރުން، އިއާދަކުރަނިވި ހަކަތައާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އަދި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ކޮންސިއުލަރ އަދި ވިސާގެ އިންތިޒާމުތައް ލުއިފަސޭހަކުރުމަށް ދެބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް