ބުރިޖުގައި ޖެހުނު ދެ ބޯޓު އޮޔާގޮސް މާކަނޑަށް އަޑިޔަށް ހިނގައްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިއްޔެ ރޭ ދަންވަރު ސިނަމާލެ ބުރިޖުގައި ޖެހުނު ދެ ތެޔޮޓޭންކަރު އޮޔާގޮސް މާކަނޑަށް އަޑިޔަށް ހިންގައްޖެ ކަމުގައި އެމްްއެންޑީއެފުން ވިދާޅުވެއްޖެއެވެ،
އެމްއެންޑީއެފުން ރޭ ވިދާޅުވީ، އެ ދެބޯޓު އަޑިޔަށް ގޮސްފައިވަނީ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުގެ 30 ނޯޓިކަލްމޭލު ބޭރަށް ކަމަށެވެ.
އިއްޔެ ރޭ އެ ދެބޯޓުގެ ނަގިލި ކަނޑައިގެން ގޮސް އޮޔާ ދިޔަ އިރު، އެންމެ ފުރަތަަމަ ބޯޓުތައް ލައްވީ މާލޭގެ އިރު އުތުރު ކަންމަތިން ފަރުމައްޗަށެވެ. އޮޔާއެކު އެތަނުން ބޯޓުތައް ނެއްޓިގެން ގޮސް ދެން ޖެހިފައި ވަނީ ސިނަމާލެ ބުރިޖުގެ މައި ސްޓްރަކްޗަރ ގައެވެ.
އެ ދެބޯޓު އޮޔާ ދިޔައިރު، އޭގައި 9 ފަޅުވެރިން ތިއްބެވެ. އެމްއެންޑީއެފުން ވަނީ އެދެބޯޓުގައި ތިބި ފަޅުވެރިން ސަލާމަތްކޮށް، ފުލުހުންނާއި ހަވާލުކޮށްފައެވެ.
މި ދެބޯޓަކީ، ރާއްޖެއަށް ވަގަށް ވަދެ މާލެ ސަރަހައްދުގައި އަޅާފައި ވަނިކޮށް، މެއި މަހުގެ ފުރަތަމަ ހަފްތާގައި ފެނުނު ދެބޯޓެވެ. އޭރުންފެށިގެން އެބޯޓުތައް އޮތީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައެވެ.
އެ ދެބޯޓު ސިނަމާލެ ބުރިޖުގައި ޖެހުނު ހާދިސާގައި ބުރިޖަށް ގެއްލުމެއް ނުލިބުނު ނަމަވެސް ފަރުމައްޗަށް ލައްވުމުގެ ސަބަބުން ބޯޓުގެ ފޫގޮސް ދިޔަވަމަން ދިޔައެވެ. އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، އެ ދެބޯޓަކީ ވަރަށް ބޮޑަށް ބާވެފައިވާ ދެ ބޯޓެވެ.
މިހާދިސާ އާއި ގުޅިގެން މިހާތަނަށް ކަސްޓަމްސްއިން ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް