Post banner
ރާއްޖެ

ގެއްލުނު ޑައިވަރުން ހޯދަން ފީނި އެމްއެންޑީއެފްގެ ޑައިވަރެއްގެ ހާލު ދެރަވެ މާލެ ގެނެސްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގެއްލުނު ޑައިވަރުން ހޯދަން ފީނި އެމްއެންޑީއެފްގެ ޑައިވަރެއްގެ ހާލު ދެރަވެ މާލެ ގެނެސްފި

ޑައިވަރުން ގެއްލުނު ސަރަހައްދުގައި ސިފައިންގެ އުޅަނދުތައް ހަރަކާތްތެރިވަނީ --- ފޮޓޯ: އެމްއެންޑީއެފް

ގެއްލިފައިވާ އިޓަލީގެ 4 ޑައިވަރުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ ޑައިވަރެއް ޑީކޯވެގެން މާލެ ގެނެސްފިއެވެ.

އެމްއެންޑީއފުން ވިދާޅުވީ، ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރި، ސިފައިންގެ ބޭކަލެއްގެ ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންދެވިފައިވާ ކަމަށެވެ.

ހާލު ދެރަވި ސިފައިންގެ ޑައިވަރުގެ ހާލާއި ގުޅޭ ގޮތުން އެމްއެންޑީއެފުން އިތުރު އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ގެއްލިފައިވާ އިޓަލީގެ 4 ޑައިވަރުން ހޯދުމަށް ހިންގާ އޮޕަރޭޝަނަކީ، ހައިރިސްކް އޮޕަރޭޝަނެއް ކަމުގައި އެމްއެންޑީއެފުން މީގެ ކުރިންވެސް ހާމަކޮށްފައި ވެއެވެ. ގެއްލިފައިވާ އިޓަލީގެ 4 ޑައިވަރުން ތާށިވެފައި ވާކަމަށް ބެލެވެނީ، 58 މީޓަރު ފުނުގައި ހުރި ހޮހަޅައިގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް